27 ޖޫން 2016 - 08:07

ޝާހްރުކް-ކާޖޮލްގެ "ގެރުއާ" ލަވަ ޔޫޓިއުބުގައި 100 މިލިއަން ފަހަރު ބަލައިފި އެވެ.
ޝާހްރުކް ޚާނާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ ގުޅޭ އަދި އެންމެ ރޮމެންޓިކް ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިދިޔަ އަހަރު މި ދެ ތަރިން އެކުގައި ކުޅުނު "ދިލްވާލޭ"ގެ "ގުރުއާ" ލަވައަކީ އަހަރުގެ އެންމެ ރޮމެންޓިކް ލަވަ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މިއުޒިކް ރީތިވެފައި މަންޒަރުތައް ނަގާފައި ވަނީ ވެސް އެހާ ރީތި ލޮކޭޝަންތަކުގަ އެވެ.
ޝާހްރުކް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 24 އަހަރު މިއަދު ފުރުނުއިރު އެހެން ގޮތަކަށް ވެސް މި ދުވަސް ޚާއްސަވެގެން ދިޔައީ އޭނާ އާއި ކާޖޮލް އެކުގައި ކުޅުނު އެންމެ ފަހު ފިލްމުގެ "ގެރުއާ" އަށް ޔޫޓިއުބުގައި 100 މިލިއަން ވިއުޒް ލިބިފައި ވުމުންނެވެ.
އަރިޖީތު ސިންގް އާއި އަންތުރާ މިތުރާ ކިޔައިދީފައިވާ މި ލަވައިގައި ކާމިޔާބީ ސޮނީ މިއުޒިކް އިންޑިއާގެ ޓުވީޓެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.