އަނުޝްކާއާ ގުޅުމެއް ނެތް، ކައިވެނި ކުރާކަށް ވެސް ނޫޅެން: ޕްރަބާސް
އަނުޝްކާއާ ގުޅުމެއް ނެތް، ކައިވެނި ކުރާކަށް ވެސް ނޫޅެން: ޕްރަބާސް

"ބާހްބަލީ" ގެ ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި އަނުޝްކާ ޝެޓީ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ޕްރަބާސް ދޮގުކޮށްފި އެވެ.

އަނުޝްކާއާ ގުޅުމެއް ނެތް، ކައިވެނި ކުރާކަށް ވެސް ނޫޅެން: ޕްރަބާސް
އަނުޝްކާއާ ގުޅުމެއް ނެތް، ކައިވެނި ކުރާކަށް ވެސް ނޫޅެން: ޕްރަބާސް

އޭނާ ބުނީ ބަތަލާއަކާ އެކީގައި ތަކުރާރުކޮށް މަސައްކަތްކޮށްފި ނަމަ، އެ ބަތަލާއަކާ އަޅުވާ ކިޔުމަކީ މީޑިއާތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އެހެންވެ އެެފަދަ ވާހަކަތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް 37 އަހަރުގެ އެކްޓަރު ބުންޏެވެ.

"އެކަހަލަ ވާހަތައް ފިލްމީ ތަރިންނާ ބެހޭ ގޮތުން ދެއްކުމަކީ އާންމު ކަމެއް. އަހަރެން އެކަހަލަ ވާހަކާ ދޭތެރޭ މާ ބޮޑަކަށް ނުވިސްނަން،" މިހާރު "ސާހޯ" ގެ މަސައްކަތް ކުރަމުން އަންނަ ޕްރަބާސް ބުންޏެވެ.

އޭނާ ބުނީ ކައިވެންޏަކާ ދޭތެރޭ ވެސް ނުވިސްނާ ކަމަށާއި އަވަސް މުސްތަގުބަލެއްގެ ތެރޭގައި ކައިވެނި ކުރުމުގެ ހިޔާލެއް ވެސް ނެތް ކަމަށެވެ. "ބާހްބަލީ" އިން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު ޕްރަބާސް އަށް މިހާތަނަށް ކައިވެނި ކުރަން 500 އަށް ވުރެ ގިނަ ހުށަހެޅުން އަންހެން ކުދިންގެ ފަރާތުން ލިބިފައިވެ އެވެ.

"އަހަރެން ބުނެލަން އޮތީ ފޭނުން ފިކުރު ކުރާނެ ކަމެއް ނެތޭ އަހަރެން ނޫޅެމޭ ކައިވެނި ކުރާކަށް. އަދި އެކަހަލަ ހިޔާލެއް ވެސް ނެތޭ އަދިއެއް." އޭނާ ބުންޏެވެ.

ޕްރަބާސް އަދި ބުނީ އެތައް ބަޔަކު އޭނާ ދެކެ ލޯބިވާތީ ވަރަށް އުފާވާ ކަމަށާއި ފޭނުން ހިތްހަމަޖައްސައި ދޭން އަބަދު ވެސް ދެމި ހުންނާނެ ކަމަށެވެ.