ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި
ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި

އައްޑޫ ސިޓީގައި އަންނަ މަހުގެ 16 ވަނަ ދުވަހު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖައްސައި އިޖްތިމާއީ ޝިޔާރަކާ އެކު ދުވުން މިއަދު ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި
ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި

މާލޭން ބޭރުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ލޯންޗްކުރުމުގެ ގޮތުން ޓީއެފްޖީގެ ޓްރެއިނަރުންނާއި ރޭހަށް ތައްޔާރުވާ ބައެއް ދުވުންތެރިން ވަނީ މާލެ ވަށައި މިއަދު ދުވެފަ އެވެ.

ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި
ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި

މިއަދުގެ ތައާރަފްކުރި މި ރޭހުގެ އިޖްތިމާއީ ޝިޔާރަކީ "ބްރޭކް ޔޯ ސްޕީޑް" އެވެ. މިއީ އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރޭހާ އެކު ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި
ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި

"އައްޑޫ ސިޓީގައި މި ދުވުން ބާއްވާއިރު އަޅުގަނޑުމެން ބޭނުންވަނީ މަގުތަކުގެ ސަލާމަތާ މެދު އާއްމުން ހާލުންތެރިކުރަން ވެސް މަސައްކަތްތަކެއް ކުރަން. އެގޮތުން މިއަދު މި ލޯންޗްކުރި ކެމްޕެއިނާ އެކު އެކަމާ ގުޅޭ ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ،" ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވި އެވެ.

ޓީއެފްޖީއާ އެކު މި ފަހަރު ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ކޮކާކޯލާ ބައިވެރިވިއިރު އެ ކުންފުނިން އަންނަނީ ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ލޯންގް ރަން އަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ޓީއެފްޖީން ވަރަށް ފުރިހަމަކޮށް ބާއްވަމުން އަންނަ އިވެންޓެއް މިއީ. މި ފަހަރު މި އަޅަނީ މުޅިން އާ ފިޔަވަޅެއް. މުޅި ރާއްޖެ އަށް ދުވުމުން ޕްރޮމޯޓްކުރުމުގެ މަސައްކަތެއް މިއީ. އޭގެ ދަށުން ރާއްޖޭގެ އެންމެ ދެކުނަށް މިދަނީ މި ފަހަރު. ކޮކާކޯލާ އިން މި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނޭ،" ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވި އެވެ.

ޒިނާން ވިދާޅުވީ މި ފަހަރު ވެސް ކޮކާކޯލާގެ ފުރިހަމަ ސަޕޯޓް ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެ ކުންފުނީގެ އެހީތެރިކަމާ އެކު ވަރަށް ފުރިހަމަ އިވެންޓެއް ބޭއްވޭނެ ކަމަށެވެ.

ކޮކާކޯލާގެ އިތުރުން އެހެން ހަ ކުންފުންޏަކުން ވެސް ވަނީ ޓީއެފްޖީއާ އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން އައްޑޫ ސިޓީ އަށް ދަތުރުކުރާ ދުވުންތެރިންނާއި ދުވުންތެރިންގެ އާއިލާ މެމްބަރުންނަށް ހާއްސަ ޓިކެޓް އަގުތަކެއް ހަމަޖައްސައިދޭނެ އެވެ.

"ރަން އިން މޯލްޑިވްސް" ސިލްސިލާގެ ދަށުން ޓީއެފްޖީން ބާއްވާ ފުރަތަމަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯޓުރޭސް ޑޮޓް ކޮމްގަ އެވެ. މިއީ ބައިނަލްއަގްވާމީ ދުވުންތަކުގެ ރަޖިސްޓްރޭޝަނާއި ޕްރޮމޯޝަންތަކަށް ހާއްސަ ވެބްސައިޓެކެވެ.

ޓީއެފްޖީން ހުޅުވާލާފައިވަނީ 300 ޖާގަ އެވެ. އެ ފަރާތުން ބޭނުންވަނީ އޭގެ ތެރެއިން މެޖޯރިޓީ ބައިވެރިންނަކީ އައްޑޫ، ފުވައްމުލަކު ނުވަތަ އެ ސަރަހައްދަށް ނިސްބަތްވާ ދުވުންތެރިންނަށް ވުމެވެ. އަދި މާލޭން ބައިވެރިވާ ދުވުންތެރިންނާ އެކު މާލޭން 200 އެއްހާ މީހުން އައްޑު އަށް ގެންދަން ޓީއެފްޖީން ބޭނުންވެ އެވެ.

މީގެ އިތުރުން ޓީއެފްޖީން އަންނަނީ އައްޑޫ ސިޓީގައި އާއްމުންނަށް ދުވުމާ ގުޅޭ މައުލޫމާތާއި ދުވުމުގެ ތަމްރީންތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑު ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ރޭސް ބާއްވާއިރު މި ރޭސް، ޓީއެފްޖީން ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ ރޫޓާ މުޅިން ތަފާތު ވާނެ އެވެ. ރޭހުގައި ހިމެނޭ ފަސްކިލޯމީޓަރާއި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން އިވެންޓްތައް ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ނިންމި ނަމަވެސް ހަތަރު ރޭސް ވެސް ފަށާނީ ތަފާތު ހަތަރު ދިމާލަކުންނެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.