19 މެއި 2016 - 11:57

ރޯދަ މަހަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓްތަކާއި އަގުހުރި އިނާމުތައް ހިމަނައިގެން ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
ލެކިއުޓް އިލެކްޓްރޯނިކްސުން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރި އަށް ދާ މުއްދަތުގައި އެ ފިހާރަ އިން ވިއްކާ ޕެނަސޮނިކް އާއި ބޯޝް ބްރޭންޑުގެ މުދަލުން 30 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ.
އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާ މި ޕްރޮމޯޝަންގައި އެ ފިހާރަ އިން ކުރާ ކޮންމެ 500ރ. އަށް ވުރެ މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭ އިރު ދެ ނަސީބުވެރިން ހޮވައި، އަގުހުރި އިނާމުތައް ދޭނެ ކަމަށް ލެކިއުޓުން ބުނެ އެވެ.
އެގޮތުން ގުރުއަތުން އެއް ވަނަ އަށް ދާ ފަރާތަށް ދެނީ 29،000ރ. ގެ އަގު ހުރި ކެޕްކިއު 900 ސްޕީކަރު ސިސްޓަމެކެވެ. އަދި ދެ ވަނަ އަށް ދާ ފަރާތަށް ދިނުމަށް ހަމަޖެހިފައި ވަނީ 26،000ރ. ގެ އަގުހުރި ބޯޝް 1200އާރްޕީއެމް ދޮންނަ މެޝިނެކެވެ.