ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު
ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) ގެ އެގްޒެކެޓިވް ކޮމިޓީގައި ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަހުމަދު ޝަކީބް (ޑޮކް) އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ ހިމަނައިފި އެވެ.

ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު
ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކެންޑިޑޭޓަށް ވޯޓް ދޭނީ އޭނާގެ ދެ ނައިބުންނާއި އެކްސްކޯއާ އެއްކޮށެވެ. އެފްއޭއެމްގެ ރައީސްކަމަށް އިތުރު ފަރާތެއް ކުރިމަތިލާފައި ނެތުމުން، މި މަހުގެ 31 ގައި ބާއްވާ އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު
ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު

ޓޮމްގެ ދެ ނައިބް ރައީސުންނަށް ހުށަހަޅާފައިވަނީ ގައުމީ ފުޓްބޯޅަ ޓީމަށް 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދައިދިން ކެޕްޓަން މުހައްމަދު ކަލީމާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރެވެ.

ޓޮމްއާ ދެން ވާދަކުރަން ހުރި ކެންޑިޑޭޓް މުހައްމަދު ޝަވީދު އިންތިހާބަށް ކުރިމަތިނުލާން ނިންމައި ޓޮމްއާ ގުޅިފައިވާއިރު ޓޮމްގެ އެކްސްކޯގައި އަލީ އުމަރާއި ޝަކީބް ހިމެނެނީ ވެސް، ބެލެވޭ ގޮތުގައި ޝަވީދުގެ ފަޅިންނެވެ.

ގައުމީ ޓީމުގެ މެޑިކަލް އޮފިޝަލެއްގެ ގޮތުގައި 1997 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޝަކީބް ފުޓްބޯޅައިގެ ހިންގުމުގެ ތެރެއަށް ވަނީ މިދިޔަ އަހަރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ފީފާ އިން އައްޔަންކުރުމާ އެކު އެވެ.

ނިއު ރޭޑިއަންޓުގެ ބޯޑް މެމްބަރު ނާޒިމާ މަޝްހޫރުވެފައިވަނީ މޮޅު ވޮލީބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ކުޅުމާ ދުރަށް ގޮސް މިހާރު އޭނާ ބޮޑަށް ހަރަކާތްތެރިވަނީ ކުޅިވަރު ހިންގުމުގެ ތެރޭގަ އެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އެންމެ ފަހުން ފެނުނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުންނެވެ. އެކަމަކު ކޯޗު ރިކީ ހާބަޓްއާ މައްސަލަ ޖެހި އޭނާ ވަނީ ޓީމުން ވަކިވެފަ އެވެ.

އެކްސްކޯ އަށް ދެން ހުށަހަޅާފައިވާ ނަންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ޗެއާމަން މުހައްމަދު ޝިޔާމާއި ނިއުގެ ކުރީގެ ބޯޑް މެމްބަރު އަދި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަހުމަދު ޒަރީރު އަދި ޓީސީ ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު އީސާ އެވެ.ށޕ