ސަންޖޭ ކަޕޫރް އަނެއްކާ ވެސް ޓީވީ ސިލްސިލާއަކުން އެނބުރި އަންނަނީ
ސަންޖޭ ކަޕޫރް އަނެއްކާ ވެސް ޓީވީ ސިލްސިލާއަކުން އެނބުރި އަންނަނީ

އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރަކީ ފިލްމްތަކެއް ކުޅުނު ނަމަވެސް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބުނު އެކްޓަރެއް ނޫނެވެ. އެހެންވެ "ރާޖާ" ފަދަ މަދު ފިލްމްތަކެއް ކުޅެފައިވާ ސަންޖޭ ފިލްމަކުން ފެންނާނީ ހާލަކުން ފަހަރަކު އެވެ. އެކަމަކު އެކްޓިންއަކީ އޭނާގެ ލެއާ ވެސް ގުޅިފައި އޮތް ކަމެކެވެ.

ސަންޖޭ ކަޕޫރް އަނެއްކާ ވެސް ޓީވީ ސިލްސިލާއަކުން އެނބުރި އަންނަނީ
ސަންޖޭ ކަޕޫރް އަނެއްކާ ވެސް ޓީވީ ސިލްސިލާއަކުން އެނބުރި އަންނަނީ

ސަންޖޭ މީގެ ކުރިން ވެސް ޓީވީ ސިލްސިލާއެއް ކުޅެފައި ވާއިރު، އޭނާ އަނެއްކާ ވެސް އަންނަނީ ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވަމުންނެވެ. ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް ޓައިޓްލް ރޯލް ކުޅުނު ސިލްސިލާ "ކަރިޝްމާ: އަ މިރަކަލް އޮފް ޑެސްޓިނީ" ދެއްކިތާ 14 އަހަރު ފަހުން ސަންޖޭ އެނބުރި އަންނަނީ ސްޓާ ޕްލަސް އިން ދައްކަން ތައްޔާރުވަމުން އަންނަ ސިލްސިލާ "އިޝްގް ގުނާހް" އިންނެވެ.

"ރާޒް" ފްރެންޗައިޒްގެ ޑައިރެކްޓަރު ވިކްރަމް ބަޓް ޑައިރެކްޓް ކުރާ މި ސިލްސިލާއަކީ 2008-2010 އަށް ދެއްކި ތުރުކީގެ ސިލްސިލާއެއް ކަމަށްވާ އަސްކް-އައި މެމްނޫ (ފޮބިޑެން ލަވް) ގެ ރިމެކިންއެކެވެ. މީގައި ކިޔައި ދެނީ ޒުވާން އަންހެން ކުއްޖަކު އޭނާގެ އުމުރަށް ވުރެ ދެގުނަ ދޮށި މީހަކާ ކައިވެނިކޮށްގެން ދިމާވާ ކަންތައްކެކެވެ.

"އިޝްގް ގުނާ" ގެ ލީޑް ރޯލުން ފެންނާނީ ސަންޖޭ، 51 އާއި "ސުރްވީން ގުއްގަލް" ފަދަ ސިލްސިލާތައް ކުޅެފައިވާ ސުމިތުރީ ކަރްލާ، 29، އެވެ.

މި ސިލްސިލާއާ ބެހޭ ގޮތުން ވިކްރަމް ބުނީ މިއީ އުމުރުގެ ތަފާތު ބޮޑު ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއަކަށްވާ އިރު، ސަންޖޭއަކީ މި ޝޯ އަށް އެންމެ ރަނގަޅު ހޮވުން ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވަނީ "އިޝްގް ގުނާހް" ގެ އިތުރު ތަފުސީލަކަށް ދާން އިންކާރުކޮށްފަ އެވެ.

ސްޓާ ޕްލަސް އިން "އިޝްގް ގުނާހް" ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ޝޯ އިޝްތިހާރު ކުރާކަށް ވެސް ނުފަށަ އެވެ.