15 ސެޕްޓެމްބަރ 2017 - 07:32

ސަލްމާން ޚާންގެ "ކިކް" އަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ "ޖެއި ހޯ"އިން އޭނާއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައި އޮއްވަ އެވެ.
"ކިކް"ގެ ސީކުއަލްއެއްގެ ވާހަކަ ދެކެވޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. މިހާރު ވަނީ މި ފިލްމު ވަރަށް އަވަހަށް ފެށޭނެކަމުގެ އިޝާރާތްތަކެއް ލިބިފަ އެވެ.
"ކިކް"ގެ ބަތަލާ އަކީ ޖެކްލީން ފެނާންޑިސް ނަމަވެސް މިފަހަރުގެ ފިލްމުގައި ޖެކްލީން ބައިވެރިކުރަން ފިލްމު އުފައްދާ ފަރާތުގެ އެހާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. ސަބަބަކީ "ރޭސް 2"ގައި ވެސް ސަލްމާނާއެކު ޖެކްލީން މަސައްކަތް ކުރަން ހަމަޖެހިފައި ވާތީ އެވެ.
ބެލުންތެރިން ވެސް މިހާރު ބޭނުންވަނީ ސަލްމާނާއެކު ކުރިން ފިލްމު ކުޅެފައި ނެތް ބަތަލާއެއް "ކިކް 2" އިން ފެނުމެވެ. އެގޮތުން ފިލްމު ޕްރޮޑިއުސަރުންގެ ވިސްނުން ހުރީ ދީޕިކާ ޕަދުކޯން އަށް ފިލްމު ދިނުމަށެވެ.
ސަލްމާން މި ވަގުތު އުޅެނީ "ޓައިގާ ޒިންދާ ހޭ" ނިންމުމުގެ މަސައްކަތުގަ އެވެ. އެއަށްފަހު "ރޭސް 3"ގެ ޝޫޓިން ފަށާނެ އެވެ. ދީޕިކާ އަށް ވެސް ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ގެ ޝޫޓިން އިން ސަލާމަތް ވެވޭނީ މިއަހަރު ނިމޭ ހިސާބުގަ އެވެ. އަދި އެއަށްފަހު އިރްފާން ޚާނާ އެކު ކުޅޭ ފިލްމެއް ދީޕިކާ ނިންމަން ޖެހެ އެވެ.
އަންނަ އަހަރު "ކިކް 2"ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވާއިރު މިފިލްމަކީ ދީޕިކާ އާއި ސަލްމާންގެ ހުވަފެނީ ޖޯޑު ފުރަތަމަ ފަހަރަަށް ބޮޑު ސްކްރީނުން ބަލާލަން ލިބޭނެ ފުރުސަތަކަށް ވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.