06 ޖުލައި 2016 - 07:02

އިސްތިރިކުރާއިރު ނުވަތަ ބޭރަށް ދާއިރު އަންނައުނުގައި އެއްވެސް ކަހަލަ ކުނޑިއެއް ހުންނަ ނަމަ ފޮހެލާ ސާފުކޮށްލަން ބޭނުންކުރާ ލިންޓް ރޯލާ އަކީ މިހާރު ވަރަށް ގިނަ މީހުން ގެންގުޅޭ އެއްޗެކެވެ. އަންއުނުން ކުނޑި ފިލުވުމުގެ އިތުރުން ވެސް މިއީ އެހެން ބޭނުންތައް ވެސް ކުރެވިދާނެ އެއްޗެކެވެ.
ލައިގެން ހުންނަ ހެދުމުގައި ހުންނަ ކުނޑި ފިލުވުމުގެ އިތުރުން ގެންގުޅޭ އަތް ދަބަހުގެ ފުލުގައި ހުންނަ ކުނޑި، ހިރަފުސް ފަދަ އެއްޗެހި ފަސޭހަކަމާ އެކު ލިންޓް ރޯލަރަކުން ސާފު ކޮށްލެވޭނެ އެވެ.
ބިއްލޫރި ތައްޓެއް ފަދަ އެއްޗެއް ތަޅައިގެން ދިއުމުން ބުރައިގެންދާ، ލޮލަށް ނުފެންނަ ވަރުގެ ކުދި ބިއްލޫރިކޮޅުތައް ސާފުކުރަނީ ފިހިގަނޑުންނެވެ. އެކަމަކު އެއްކޮށް ސާފުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ލިންޓް ރޯލަރުގައި މިފަދަ ބިއްލޫރިކޮޅުތައް ތަތްވެ ވަރަށް ފަސޭހައިން ނެގޭނެ އެވެ. ބިއްލޫރިކޮޅުތައް ތަތްވާ ކަރުދާސްކޮޅު ނަގައި އެއްލައިލަންވީ އެވެ.
ގްލިޓާ ނުވަތަ ޑިސްކޯ ކުނޑިއަކީ ތަނަކަށް އެޅިއްޖެ ނަމަ ސާފުކުރަން ވަރަށް އުނދަގޫ އެއްޗެކެވެ. ކުނޑި އެޅިފައި ހުންނަ ކޮންމެ ތަނެއް ވެސް ލިންޓް ރޯލަރަކުން ވަރަށް ފަސޭހައިން ސާފުކޮށްލެވޭނެ އެވެ.
ކޮންމެ ފަހަރަކު ދޮރުފޮތިން ހިރަފުސް ހިފާ ކިލާ ވަންދެން ބެހެއްޓުމަށް ފަހު ޑްރައި ކްލީނިން އަށް ނުވަތަ ދޮންނަން ގެންދިއުމުގެ ބަދަލުގައި، ކުޑަކޮށް ހިރަފުސް ހިފާލުމާ އެކު ރޯލަރު ކާއްތާލައި ސާފުކޮށްލާށެވެ.
ބުރުގާ ދަތި
ބުރުގާ ރީތިކޮށް ބޮލުގައި ހަރުކޮށްފައި ބަހައްޓަން ހިމަ ކުދި ދަތި ބޭނުންކުރެ އެވެ. މި ދަތިތަކަކަކީ ލުއި އެއްޗަކަށް ވުމުން ފަސޭހައިން ނެއްޓި ނުވަތަ ވެއްޓެ އެވެ. އޮމާން ތަނެއްގައި އޮންނަ އެފަދަ އެއްޗެއް ނެގުން ފަސޭހައެއް ނޫނެވެ. ވެއްޓިފައި އޮންނަ ދަތި ނަގަން އުނދަގޫ ނަމަ ރޯލަރު ޖައްސާލާފައި ވަރަށް ފަސޭހައިން ނެގޭނެ އެވެ.
ކޮޓަރި ތެރޭގައި ނުވަތަ އޮފީހުގައި ހުންނަ ބޮކީގެ ބޭރުގައި އަޅުވާފައި ހުންނަ ކަރުދާސް ނުވަތަ ފޮތި ކަވަރުގައި ފަސޭހައިން ހިރަފުސް ހިފަ އެވެ. ލިންޓް ރޯލަރުން ހިރަފުސްތައް ދަމައިގަންނާނެ އެވެ.
ބިންމައްޗަށް އެޅިފައި ހުންނަ ކުދި އިސްތަށިތައް ފިހިގަނޑަކުން ކަހާފައި ނެގުމުގެ ބަދަލުގައި އަވަހަށް ފަސޭހަކަމާއި އެކު ލިންޓް ރޯލަރަކުން ނަގާލާށެވެ.