އދ. އަށް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ: ޓްރަމްޕް
އދ. އަށް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ: ޓްރަމްޕް

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 19) - ހިންގުމަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން އދ. އިން ބޭނުންވާ އެންމެ ފުރިހަމަ މިންވަރަށް އެ ޖަމާއަތަަށް މަސައްކަތް ނުކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އދ. އަށް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ: ޓްރަމްޕް
އދ. އަށް އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ: ޓްރަމްޕް

ނިއު ޔޯކަށް ވަޑައިގެން އދ.ގެ ހެޑްކުއާޓަރުގައި އޮތް ޚާއްސަ ބައްދަލުވުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ހިންގުމުގައި ހުރި ދަތިތަކަށް ވުރެ ބޮޑަށް މީހުންނަށް ފޯކަސް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ މިހާރަށް ވުރެ އަދ. ވަރުގަދާވާނެ ކަމަށް ވިދާޅުވި އެވެ.

އދ.ގެ ބަޖެޓުގެ 22 ޕަސެންޓް ދެނީ އެމެރިކާ އިންނެވެ. އަދި ސުލްހަ ބަލަހައްޓާ އދ.ގެ ސިފައިންގެ 28 ޕަސެންޓް ޚަރަދު އެމެރިކާ އިން ދެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ޓްރަމްޕް ތަގްރީރު ކުރައްވާނީ މިއަދު އެވެ. ޓްރަމްޕުގެ ތަގްރީރުގައި ނޯތު ކޮރެއާ އާއި އީރާނުގެ މައްސަލަ އަށް އަލިއަޅުވާލައްވާނެ ކަމަށް ބެލެވެ އެވެ.

އދ.ގެ އިސްލާހީ މަސައްކަތާ ބެހޭ ގޮތުން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ޓްރަމްޕް އިއްޔެ ވަނީ އދ.ގެ މަސައްކަތްތައް ބަދަލު ކުރުމަށް މެންބަރު ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕް އިއްޔެ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.