ކުނި ބަލައި ދިޔަ ވެމްކޯގެ މުވައްޒަފަކަށް ހަމަލަދިން މައްސަލައެއް ބަލަނީ
ކުނި ބަލައި ދިޔަ ވެމްކޯގެ މުވައްޒަފަކަށް ހަމަލަދިން މައްސަލައެއް ބަލަނީ

މާލޭގެ ގެއަކަށް ކުނި ބަލާ ދިޔަ ވެމްކޯގެ މުވައްޒަފަކަށް ރޭ ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެނބޫގޯޅި ތެރޭގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ރޭ ދަންވަރު 12:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެކަން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހަމަލާދީފައި ވަނީ ކުނި ބަލައި ދިޔަ ވެމްކޯގެ ފިރިހެން މުވައްޒަފަކަށެވެ. އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މިކަމާ ގުޅޭގޮތުން ވެމްކޯގެ ބަހެއް އަދި ނުލިބެ އެވެ.