02 އޮކްޓޯބަރ 2017 - 11:35

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މި މަހު 11 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މީޑިއާ ކައުންސިލުން ބުނީ މި ހަފްލާގައި އަށް ދާއިރާއަކުން އިނާމު ދޭނެ ކަމަށެވެ. އަދި "އެންމެ އުންމީދީ ނޫސްވެރިޔާ" އާއި "ލައިފްޓައިމް އެޗީވްމަންޓް" އިނާމު ވެސް ދޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
މިފަހަރު އިނާމް ދޭ ދާއިރާތަކުގެ ތެރޭގައި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ، ފީޗާ ލިއުމުގެ ދާއިރާ ހިމެނެ އެވެ.
ނޫސްވެރިކަމުގެ އިނާމަށް އެކި ދާއިރާތަކުން 45 ހުށަހެޅުމެއް އެމްއެމްސީ އަށް ލިބިފައިވެ އެވެ.
މީޑިއާ ކައުންސިލުން ބުނި ގޮތުގައި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުމެވެ.