އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި
އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކުން ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި
އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯނޭ ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި
އެސްޓީއޯ އިން ކޯނޭ ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި

ކޯނޭ އަކީ ލިފްޓުގެ އިތުރުން އެސްކަލޭޓަރާއި އޮޓޯ ވޯކް އާއި އޮޓޯ ދޮރު އުފެއްދުމުގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.

އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޑަގްލަސް ޕޭ ވިދާޅުވީ އެސްޓީއޯއާ ގުޅިގެން ރާއްޖޭގައި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފެށުމަކީ އެ ކުންފުންޏަށް ހުޅުވިގެން ދިޔަ މުޅިން އާ ސޮފުހާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުންޏަކީ މި ދާއިރާގައި ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުންފުންޏެއް. ކޮންމެ ދުވަހަކު ވެސް އަލަށް، ގާތްގަނޑަކަށް 470 އިމާރާތުގައި އަޅުގަނޑުމެންގެ އުފެއްދުންތައް އިންސްޓޯލް ކުރޭ،" ޑަގްލަސް ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އަމާޒަކީ ރާއްޖެ އަށް ވީހާވެސް ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފްކުރުން ކަމަށެވެ. އަދި ކޯނޭ ބްރޭންޑާ އެކު، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯނޭ އިން ވަނީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓަށް ދީފައި ކަމަށް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ ކަސްޓަމަރު ބޭނުންވާ ގޮތަކަށް ލިފްޓް ޑިޒައިންކޮށް ހަރުކޮށްދިނުމާއި އާފްޓާ ސޭލްސް ސާވިސްގެ ޚިދުމަތް ވެސް ދޭނެ ކަމަށެވެ. އަދި ގަންނަ ކޮންމެ ލިފްޓަކަށް 12 މަސް ދުވަހުގެ ވޮރެންޓީއެއް ލިބެ އެވެ.

ކޯނޭ ބްރޭންޑް ތައާރަފްކުރުމާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ވެސް އެސްޓީއޯ އިން ވަނީ ފަށާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ލިފްޓް ގަންނަ ފަސް ފަރާތަކަށް، އެ ހަރުކޮށްދިނުމުގެ ޚިދުމަތް މުޅިން ހިލޭ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކޯނޭ އަކީ ޔޫރަޕް އަދި މެދުއިރުމަތީގައި ވަރަށް މަޝްހޫރު ފިންލޭންޑް ކުންފުންޏެކެވެ. އެގޮތުން މަޝްހޫރު ވަރަށް ގިނަ ތަންތަނުގައި ކޯނޭ ބްރޭންޑުގެ ލިފްޓް ހަރުކޮށްފައިވެ އެވެ.