އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވާތީ ކޯސްޓް ގާޑުން ހަރަކާތްތެރިވަނީ
އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވާތީ ކޯސްޓް ގާޑުން ހަރަކާތްތެރިވަނީ

ބ. ކެންދޫ ފަޅު ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަޑިއަށް ދިޔަ ތެޔޮ ބޯޓުން ކަނޑަށް ތެޔޮ އެޅެމުންދާތީ އެކަން ހުއްޓުވަން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ތެޔޮ ހިފައިގެން ކެންދުއަށް ދިޔަ "ގަލްފް" ނަމަކަށް ކިޔާ އެ ބޯޓު އަޑިއަށް ދިޔައީ 31،000 ލީޓަރުގެ ތެލާ އެކު އެވެ. އެކަމަކު އަލިފާން ރޯވުމާ އެކު ބޯޓު ރަށު ފަޅުން ނެރެ ކަނޑަށް ދޫކޮށްލި އެވެ.

މި ހާދިސާގައި ބޯޓުގައި މަސައްކަތް ކުރާ ބަންގްދަލޭޝްގެ ފަޅިވެރިޔަކު ވަރަށް ބޮޑަށް ފިހުނެވެ.

އެމްއެންޑީއެފުން ބުނީ ޕެޓްރޯލް ލީކުވަމުންދާތީ އެކަން ހުއްޓުވަން ކޯސްޓް ގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުން އިތުރު ވަގުތު އެކަމަށް ނަގާފާނެ ކަމަށް ވެސް ބުންޏެވެ.

މި ވަގުތު ބޯޓު އޮތީ 20 މީޓަރު އަޑީގަ އެވެ.