23 އޮކްޓޯބަރ 2017 - 20:22

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް އެކުންފުނީގެ ޗެއާމަން ޚާލިދު އިބްރާހިމް އަލް މަހްމޫދު ހަމަޖައްސައިފި އެވެ.
އޭނާ އެމަގާމަށް ހަމަޖެއްސީ އުރީދޫ މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ވިކްރަމް ސިންހަ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އުރީދޫން ބުނީ ހާލިދުގެ ގާބިލްކަމާއި އެ ކުންފުނީގެ ބޯޑު މެންބަރުންގެ އިރުޝާދާއި އެހީތެރިކަމާ އެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
ވިކްރަމް ބޯޑުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ، އުރީދޫގެ ހިއްސާ ވިއްކަން ފެށި ފަހުން ބޭއްވި އެ ކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި މި މަހު ދެ ވަނަ ދުވަހުގެ ރެ އެވެ.
އުރީދޫގެ ސީއީއޯ އަކަށް ވިކްރަމް ރާއްޖެ ވަޑައިގަތީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އުރީދޫގެ މައި ކުންފުނިން ވަނީ އެ ކުންފުނީގެ މިޔަންމާ ގޮތްޕަށް ވިކްރަމް މިއަހަރު ބަދަލުކޮށްފަ އެވެ.