ޒޯލާ އެނބުރި ޗެލްސީ އަށް؟
ޒޯލާ އެނބުރި ޗެލްސީ އަށް؟

ލަންޑަން (ނޮވެމްބަރު 12) – ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޖިއަންފްރަންކޯ ޒޯލާ އަތުވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އެ މަގާމުގައި ހުރި މައިކަލް އެމެނާލޯ ހޯމަ ދުވަހު އިސްތިއުފާ ދިނީ، ރިޕޯޓްތައް ބުނާ ގޮތުގައި ކޯޗު އެންޓޯނިއޯ ކޮންޓޭއާ މައްސަލަ ޖެހިގެންނެވެ. ކޮންޓޭ ބޭނުންވާ ކުޅުންތެރިން ނުގެނެސްދޭތީ އެމެނާލޯއާ މެދު އޭނާ ހިތްހަމަނުޖެހިފައި ހުރި ކަމަށް ނޫސްތަކުން ބުނެ އެވެ.

ޒޯލާ އާއި ކޮންޓޭ އަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި އިޓަލީ ޓީމުގެ ދެ ކުޅުންތެރިންނެވެ. ޒޯލާ ގެނެސްފި ނަމަ އެއީ ކޮންޓޭ އަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ޗެލްސީ އަށް 1996 އިން 2003 އަށް ކުޅުނު ޒޯލާ އަކީ އެ ކްލަބުގެ ލެޖެންޑެކެވެ. އޭނާ ވަނީ އެ ޓީމާ އެކު ޔުއެފާ ކަޕް ވިނާސްކަޕާއި ޔުއެފާ ސުޕަ ކަޕާއި ލީގު ކަޕާއި ޗެރިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ވަނީ ކޯޗިން ކެރިއަރުގައި އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ވެޓްފޯޑާއި ބާމިންހަމް ސިޓީ އަދި އިޓަލީގެ ކަލިއާރީ އަށް ކޯޗުކޮށްދީފަ އެވެ.