ތައިލެންޑުގެ ޖަލަކުން ޗައިނާގެ މުސްލިމުންތަކެއް ފިލައިފި
ތައިލެންޑުގެ ޖަލަކުން ޗައިނާގެ މުސްލިމުންތަކެއް ފިލައިފި

ބެންކޮކް (ނޮވެމްބަރު 21) - ތައިލެންޑުގެ ޖަލަކުން ޗައިނާގެ އުއިގާރު މުސްލިމުންގެ 20 މީހަކު ފިލައިފި އެވެ.

މިއީ 2014 ވަނަ އަހަރު ތައިލެންޑުން ޖަލަށްލި 200 އުއިގާރު މުސްލިމުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ޖަލުގެ އޮފިޝަލުން ބުނީ މުސްލިމުންގެ 25 މީހަކު ވަނީ ޖަލުގެ ފާރު ދަށުން ކޮނެގެން ގޮޅިން ނުކުމެ އަދި ކަށިނަރު ދަމާފައިވާ ޖަލުގެ ބޭރު ފާރުން ބޭރަށް ފުންމާލަން ބެޑްޝީޓް ބޭނުންކޮށްފައިވާ ކަމަށެވެ. މެލޭޝިއާގެ ބޯޑަރާ ކައިރީގައި ހުންނަ ޖަލުން ފިލި މީހުންގެ ތެރޭން ފަސް މީހުން ވަނީ އަތުލައިގެންފަ އެވެ. މެލޭޝިއާ ބޯޑަރު ކައިރީ މިހާރު ވަނީ ޗެކް ޕޮއިންޓްތައް ގާއިމްކޮށްފަ އެވެ.

ޗައިނާގެ ޒިންޖިއާންގައި އުޅޭ އުއިގާރު މުސްލިމުންގެ ގިނަ ބަޔަކު ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށައިފަ އެވެ. އެއީ މުސްލިމުންނަށް ޗައިނާ އިން ކުރާ އުނދަގޫތަކާ ގުޅިގެންނެވެ. އުއިގާރު މުސްލިމުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރު ކުރަނީ ތުރުކީ ފަދަ ގައުމުތަކަށް ދިއުމަށް ފަސޭހައަކަށެވެ. ތައިލެންޑުން ޖުލައި 2015 ގައި ވަނީ 100 އަށް ވުރެ ގިނަ އުއިގާރު މުސްލިމުން އަނބުރާ ޗައިނާ އަށް ފޮނުވާލައިފަ އެވެ.