ސީއެކްސް ކޮންފަރެންސްގެ ރެޖިސްޓްރޭޝަން ބަންދު ކުރަނީ، އަވަސް ކުރޭ!
ސީއެކްސް ކޮންފަރެންސްގެ ރެޖިސްޓްރޭޝަން ބަންދު ކުރަނީ، އަވަސް ކުރޭ!

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގައި ބައިވެރިވުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ ކަމަށް ބުނެފި އެވެ.

އެ ކޮންފަރެންސް ބާއްވާ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ، ކޮންފަރެންސްގެ ބައިވެރިވުމުގެ މުއްދަތު ހަމަވާއިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މި ކޮންފަރެންސްގައި ތަޖުރިބާކާރުންގެ ގޮތުގައި މައުލޫމާތު ދެއްވުމަށް ބޭރުގެ މަޝްހޫރު ފަރާތްތަކުން ބައިވެރިވާނެ އެވެ. އެގޮތުންް މަޝްހޫރު އޯޕަން މާކެޓްގެ ޗީފް އިވާންޖެލިސްޓް އޮޝިން ލަނީ ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ.

"އަޅުގަނޑު ވާހަކަ ދައްކާނީ މޯބައިލް ފޯނު ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު، މީގެ ބޭނުން ހިފައިގެން ކަސްޓަމަރުންގެ ތަޖުރިބާތަކާއި، އެކްސްޕީރިއަންސާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން،" ޔޫޓިއުބްގައި، ސީއެކްސް ކޮންފަރެންސާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލަނީ ވިދާޅުވި އެވެ.

މީގެ ކުރިން ވަނީ ބާކްލޭސްގެ ޑިޖިޓަލް އީގަލް އެންޑް ޕްރޯ އެކްޓިވް އެންގޭޖްމަންޓް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ކެރޯލް ލޭޒެލް ބައިވެރިވާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ. މި ކޮންފަރެންސްގައި ކެރޯލް ވާހަކަ މައުލޫމާތު ދެއްވާނީ ބާކްލޭސް އިން ކަސްޓަމަރުންނާ އޮންނަ ގުޅުންތަކާއި، އެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ޑިޖިޓަލް ގޮތްތައް ބޭނުން ކުރުމުން އަންނަ ގޮތާއި، އޭގެ މުހިންމު ކަމާ ގުޅޭ ގޮތުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުން ވެސް، ބޭރުގެ ގިނަ ތަޖުރިބާކާރުންނާއި، ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އިން ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރުން ވެސް މި ކޮންފަރެންސްގައި މައުލޫމާތު ދެއްވާނެ އެވެ.

ޑިސެންބަރު ހަތަރު ވަނަ ދުވަހު، ޕެރަޑައިސް އައިލެންޑްގައި ބާއްވާ ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ކޮންފަރެންސްގެ ވެބްސައިޓުން ނުވަތަ 7783303 އަށް ގުޅައިގެން އަދި[email protected]އަށް އީމެއިލް ކުރުމުން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ.