ބޮޑު މޮޅަކާ އެކު ބާސެލޯނާ އަނެއް ބުރަށް
ބޮޑު މޮޅަކާ އެކު ބާސެލޯނާ އަނެއް ބުރަށް

ބާސެލޯނާ (ނޮވެމްބަރު 30) - ސްޕެނިޝް ކަޕުގައި ރޭ ރެއާލް މުރިސިއާ އަތުން 5-0 އިން ހޯދި މޮޅާ އެކު މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.

ފުރަތަމަ ލެގުގައި ތިން ވަނަ ޑިވިޝަނުގެ މުރްސިއާ ދަނޑުގައި ބާސެލޯނާ މޮޅުވީ 3-0 އިންނެވެ. އެހެން ކަމުން ބާސެލޯނާ އަނެއް ބުރުން ޖާގަ ހޯދީ މުރްސިއާގެ މައްޗަށް 8-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ލިއޮނަލް މެސީ ނުލައި ކުޅުނު ރޭގެ މެޗުގައި ބާސެލޯނާގެ ގޯލުތައް ކާމިޔާބުކުރީ ޕަކޯ އަލްކަސޭރު، ޖެރާޑް ޕީކޭ، އަލެކްސް ވިޑާލް، ޑެނިޒް ސުއާރޭޒް އަދި ޒުވާން ކުޅުންތެރިއާ ހޯސޭ އަރްނައީޒް އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބާސެލޯނާ އަށް ލިބި ވަނީ ބޭކާރުވެފަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ބަދަަލަތަކެއް ގެނެސްގެން ވެސް ބޭނުންވި މަގުސަދު ހާސިލްވުމަކީ ލިބޭ ވަަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ކުރީ މެޗުތަކުގައި ފުރުސަތު ނުލިބި ކުޅުންތެރިން މިރޭގެ މެޗުގައި ބޭނުން ކުރުމުން ވަރަށް ރަނގަޅަށް ފުރުސަތުގެ ބޭނުން ހިފާފައިވާ ކަމަށެވެ.

ރޭގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރެއާލް ސޮސިއެޑާޑް ވަނީ ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ލެއިޑާ އަތުން 3-2 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ ލެގު ސޮސިއެޑާޑް މޮޅުވީ 1-0 އިންނެވެ. ލެއިޑާ އަނެއް ބުރަށް ދިޔައީ އެގްރިގޭޓް 3-3 އިން އެއްވަރުވިއިރު އަވޭ ގޯލަށް ބަލައިގެންނެވެ.

ބިލްބާއޯ ކެޓީ ފޯމެންޓޭރާ އަތުން 1-0 އިން އަމިއްލަ ދަނޑުގައި ބަލިވުމުންނެވެ. ފޯމެންޓޭރާ އިން ކުރި ހޯދީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.