ބިގް ބޮސް: ޝިލްޕާ ޝިންޑޭ އެންމެންގެ ހިތް އަތުލަނީ
ބިގް ބޮސް: ޝިލްޕާ ޝިންޑޭ އެންމެންގެ ހިތް އަތުލަނީ

"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގައި ބައިވެރިވާ އެންމެ މަޝްހޫރު އެއް މޫނަކީ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އެވެ. "ބާބީ ޖީ ގަރް ޕަރް ހޭ"ގައި އަންގޫރް ބާބީގެ ރޯލު އަދާކުރި ޝިލްޕާ އަކީ ބިގް ބޮސްގެ މިފަހަރުގެ ސީޒަން ކާމިޔާބުކުރުން އެންމެ ގާތް އެކަކު ކަމަށް މިހާރު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަބަބަކީ އޭނާއަކީ މިހާރު ސޯޝަލް މީޑިއާގައި ވެސް އެންމެ ގިނަ ބައެއްގެ ލޯތްބާއި ތާއީދު ހޯދާފައިވާ ބައިވެރިޔާއަށް ވާތީ އެވެ.

ޝިލްޕާ އަކީ ބިގް ބޮސްގެ ބައިވެރިންގެ ތެރެއިން މުނިފޫހިފިލާ ކަންތައްތައް އެންމެ ގިނައިން ކުރާ އެކަކެވެ. އޭނާގެ ލޯބި އަދި މަޖާ ވާހަކަތަކުން ބެލުންތެރިންގެ ހިތްތައް ޝިލްޕާ ވަނީ އަތުލާފަ އެވެ.

"ބިގް ބޮސް"ގެ ހޯސްޓް ސަލްމާން ޚާން އަބަދުވެސް ޝިލްޕާއާ އެއްކޮޅަށް ޖެހިފައި ހުންނަ ކަމަށް ބުނެ ޓީވީ ތަރި ހީނާ ޚާނާއި އޭނާގެ ފޭނުން އަބަދުވެސް ޝަކުވާ ކުރެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ޔަގީން ވަނީ ޝިލްޕާގެ މަގުބޫލުކަން ބެލުންތެރިންގެ ކުރިމަތީގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެވެ.

ޝިލްޕާ ވަނީ ބިގް ބޮސްގެ އެއްވެސް ސީޒަނެއްގައި އެއްވެސް ބައިވެރިޔަކަށް ގާއިމު ނުކުރެވޭ ރެކޯޑެއް ވެސް ގާއިމް ކޮށްފަ އެވެ. އެއީ އެންމެ ބިގް ބޮސްގެ ބައިވެރިޔަކަށް ލިބުނު އެންމެ ގިނަ ޓުވީޓް އޭނާއަށް ލިބިގެންނެވެ.

މިއީ މީގެ ކުރިން ދުވަހަކުވެސް ވީކަމެއް ނޫނެވެ. ބިގް ބޮސްގެ ތާރީޚުގައި ވެސް ޝޯގެ ބައިވެރިޔަކަށް މިހާ ގިނަ ބަޔަކު ސަޕޯޓް ކުރާތީ ފެނިފައެއް ނުވެ އެވެ.

"ޝިލްޕާ ވިިނިން ހާޓްސް" ޓުވިޓާގައި ޓްރެންޑްވެ އެންމެ އަށް ގަޑިއިރުގެ ތެރޭގައި 324،000 ޓުވީޓް ކޮށްފައިވެ އެވެ. ވަރަށް ގިނަ ބަޔަކު ދަނީ ޝިލްޕާ އަށް ތާއީދުކުރާކަން ހާމަކޮށް ހީނާ އާއި އަރްޝީ ޚާން އުޅޭ ގޮތަށް ފާޑު ކިޔަމުންނެވެ.

ހީނާ އަށް ޝިލްޕާ ސައި ގެނެސްދިނުމުން އޭނާ ޝިލްޕާއަށް އެއްޗެހި ގޮވާފައި އެ ސައިތަށި ބޯތަން ފެނުމުން ވެސް ޓުވިޓާގައި ގިނަ ބަޔަކު ހީނާ އަށް ވަރަށް މަލާމާތް ކޮށްފައިވެ އެވެ.

ބިގް ބޮސްގެ ކުރީގެ ސީޒަނެއްގެ ބައިވެރިޔެއް ކަމަށްވާ ޓީވީ އެކްޓަރު ވިންދޫ ދާރާ ސިންގް ކުރި ޓުވީޓެއްގައި ގިނަ ބަޔެއްގެ ހިތްތައް ޝިލްޕާ އަތުލަމުން އަންނާތީ އޭނާއަށް މަރުހަބާ ކިޔާފައި ވެއެވެ.