05 ޑިސެމްބަރ 2017 - 07:24

ބޮލީވުޑްގެ އެވޯޑް މޫސުން ސްޓާ ސްކްރީން އެވޯޑު 2017 އާ އެކު ފެށިއްޖެ އެވެ. މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި މި ހަފުލާއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ބަޔަކު ދިޔަ އެވެ.
އެންމެ ހާއްސަ އެވޯޑުތައް މިފަހަރު ގެންދިޔައީ "ދަންގަލް" އާއި "ތުމްހާރީ ސޫލޫ" އެވެ. އެންމެ ގިނަ އެވޯޑުތައް ވެސް ގެންދިޔައީ މި ދެ ފިލްމުންނެވެ. ވިދްޔާ ބާލަން އާއި ކޮންކޮނާ ސެން ޝަރުމާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނުއިރު އެންމެ ބޮޑު ބަތަލުގެ އެވޯޑު ގެންދިޔައީ "ނިއުޓަން" ކުޅެގެން ރާޖްކުމާރު ރާއޯ އާއި "ހިންދީ މީޑިއަމް" އިން އިރްފާން ޚާނެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ގެންދިޔައީ "ދަންގަލް"ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.
ބެސްޓް ސައުންޑް ޑިޒައިން: ޝާހްޖީތު ކަހޯރީ (ރަންގޫން)
ބެސްޓް ބެކްގްރައުންޑް ސްކޯ: ޕްރީތަމް (ދަންގަލް)
ބެސްޓް ލިރިކްސް: އަމީތާބު ބަޓަޗާރިޔާ (ދަންގަލް)
ބެސްޓް މިއުޒިކް ޑައިރެކްޓާ: ޕްރީތަމް (ދަންގަލް)
ބެސްޓް އެޑިޓިން: ބައްލޫ ސަލޫޖާ (ދަންގަލް)
ބެސްޓް ޑެބިއު ޑައިރެކްޓާ: ސުރޭޝް ޓްރިވޭނީ (ތުމްހާރީ ސޫލޫ)
އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: އަރިޖީތު ސިންގް (ރައީސް، ޖައްގާ ޖާސޫސް)
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝާޝާ ޓިރުޕާތީ (ކަންހާ - ޝުބް މަންގަލް ސާވްދާން)
ބެސްޓް ކޯރިއޯގްރާފަރު: ޝާމަކް ދާވަރް (ޖައްގާ ޖާސޫސް)
ބެސްޓް ސަޕޯޓިން އެކްޓަރު: ރާޖް ކުމާރު ރާއޯ (ބަރީލޭ ކީ ބަރްފީ)
ބެސްޓް ފިލްމް (ކްރިޓިކްސް): ނިއުޓަން
ބެސްޓް ޑައިލޯގް: ބަރީލޭ ކީ ބަރްފީ
ބެސްޓް އެކްޓާ (ކްރިޓިކްސް) ރާޖް ކުމާރު ރާއޯ (ނިއުޓަން)
ބެސްޓް އެކްޓާ (ޕޮޕިއުލާ) އިރްފާން ޚާން (ހިންދީ މީޑިއަމް)
ބެސްޓް ސަޕޯޓިން އެކްޓްރެސް: ނެހާ ދޫޕިއާ (ތުމްހާރީ ސޫލޫ)
އެންމެ މޮޅު ބަތަލާ (ކްރިޓީކްސް): ވިދްޔާ ބާލަން (ތުމްހާރީ ސޫލޫ)
އެންމެ މޮޅު ބަތަލާ: ކޮންކޮނާ ސެން ޝަރުމާ (ލިޕްސްޓިކް އަންޑާ މައި ބުރުގާ)
އެންމެ މޮޅު ޑައިރެކްޓަރު: ނިތޭޝް ތިވާރީ
ބެސްޓް ޑެބިއު: އަޕަރްޝަކްތީ ކުރާނާ (ދަންގަލް)