އިމާރާތެއްގެ ދެވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި ޒަޚަމްވެއްޖެ
އިމާރާތެއްގެ ދެވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި ޒަޚަމްވެއްޖެ

މާލޭގައި އިމާރާތެއްގެ ދެވަނަ ބުރިން ކުޑަކުއްޖަކު މިއަދު ވެއްޓި ޒަހަމްވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މއ. ޖަރީވިލާގޭގެ ދެވަނަ ބުރީގެ ކުޑަދޮރަކުން ވެއްޓިފައި ވަނީ އުމުރުން ހަތް އަހަރު ކުއްޖެކެވެ. އެ ކުއްޖާ އަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 1:30 ހާއިރު ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދިއެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.