ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

އިސްލާމް ދީނުގެ އުސޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅެން ގޮވާލަމުން ދަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު
ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމް ދީނުގެ އުސޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލަމުންދާ ކަމަށެވެ. އެފަދަ އަމަލުތަކުގައި މަދުން ނަމަވެސް ދިވެހިން ބައިވެރިވަމުންދާ ކަމަށާއި އޭގެ ބޭނުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އެޅުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު
ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

"މިފަދަ ގޮތްގޮތުން ދިވެހި ދައުލަތަށް އެކިއެކި ނުފޫޒު ފޯރުވަނީ ދިވެހިރާއްޖެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި، ދިވެހީންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އެޅުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު
ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޓެރަރިޒަމާ އިސްލާމް ދީނާ ގުޅުވައިގެން ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށެވެ. އެކަމަކު އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ބައެއް މުސްލިމުން އަމަލު ކުރަމުންދާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމަކީ އިސްލާމްދީން މަނާ ކުރާ ކަންތައްތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެފަދަ ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަން ދުނިޔެ އަށް ދައްކުވައިދޭން އެބަޖެހޭ ކަމަށް އެމަނިކުފާނުު ވިދާޅުވި އެވެ.

ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު
ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

"ދަންނަންޖެހޭ ހަގީގަތަކީ އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ ގެއްލުން ހުރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަން. އަޅުގަނޑުމެން ދުނިޔެ އަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަން، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު
ބާތިލު އަގީދާތަކަށް ގޮވާލަނީ ރާއްޖޭގެ މިނިވަންކަން ނަގައިލަން: އުއްތަމަ ފަނޑިޔާރު

ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގައި ސާބިތުވެ ތިބުމުގެ ނަސީބު ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމްދީނުގެ އަގީދާ ވަރުގަދަ ކުރަން މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމާއި އިސްލާމީ ޔުނިވާސިޓީ ގާއިމް ކުރެއްވުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.