"ބީވީ ނަންބަރު 1" އުފައްދާކަށް ނޫޅެން: ޑޭވިޑް ދަވަން
"ބީވީ ނަންބަރު 1" އުފައްދާކަށް ނޫޅެން: ޑޭވިޑް ދަވަން

ވަރުން ދަވަން އާއި ބައްޕަ ޑޭވިޑް ދަވަން ގުޅިގެން "ބީވީ ނަންބަރު 1" އަލުން އުފައްދަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތައް ޑޭވިޑް ދޮގުކޮށްފި އެވެ.

ޑޭވިޑް ބުނި ގޮތުގައި އެ ފިލްމު އަލުން އުފެއްދުމުގެ އެއްވެސް ވިސްނުމެއް މިވަގުތަކު ނުގެންގުޅެ އެވެ. ޑޭވިޑް ބުނީ އެއަށް ވުރެ މާ މޮޅު އަދި ފޭނުން އުފާވާ ކަހަލަ ފިލްމެއް ވަރަށް އަވަހަށް އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެމީހުން އާ ފިލްމެއް ފަށަން އުޅޭ ކަމުގެ ވާހަކަތައް މީހުން ދެއްކުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އެ މީހުން ތިބީ ޗުއްޓީ މޫޑުގައި ކަމަށާއި ފިލްމެއްގެ މަސައްކަތް ފަށާނީ އަދި ތަންކޮޅެއް ފަހުން ކަމަށް ބުންޏެވެ.

ޑޭވިޑް ވަނީ އޭނާގެ ދަރިފުޅު ވަރުން ދަވަން ލީޑް ރޯލަށް ލައިގެން "ޖުޅްވާ"ގެ ރިމޭކްއެއް "ޖުޅްވާ 2"ގެ ނަމުގައި މި އަހަރު އުފައްދާފަ އެވެ. އަދި ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ވެސް ލިބުނެވެ.