ނިކޮލަސް ބޭނުމީ ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެންނަން
ނިކޮލަސް ބޭނުމީ ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެންނަން

ޖޭމްސް ބޮންޑްގެ ރޯލުން ދެން ފެންނަން އެންމެ ބޭނުންވާ އެކްޓަރަކީ އިދްރިސް އެލްބާ ކަމަށް އެކްސްމެންގެ ފިލްމުތަކުން ފެނިފައިވާ ހޮލީވުޑްގެ ޒުވާން އެކްޓަރު ނިކޮލަސް ހޯލްޓް ބުނެފި އެވެ.

ނިކޮލަސް ބޭނުމީ ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެންނަން
ނިކޮލަސް ބޭނުމީ ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެންނަން

އޭނާގެ ކުރިއަށް އޮތް ފިލްމް އަދި މި މަހުގެ 22 ގައި ރިލީޒް ކުރާ "އީކްއަލްސް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޖޭމްސްގެ ބޮންޑްގެ ރޯލް ކުޅެން ޝައުގުވެރިވޭތޯ ސުވާލު ކުރުމުން ޒުވާން އެކްޓަރު ބުނީ އެކަމާ ދޭތެރޭ ވިސްނަން އަދި މާ އަވަސް ކަމަށެވެ.

"ޖޭމްސް ބޮންޑް ގެ ރޯލުން އާންމުކޮށް ފެންނަނީ ތިރީސް ނުވަތަ ސާޅީސް އަހަރުން މަތީގެ އެކްޓަރުން. އެހެންވީމާ ތެދަށް ބުނަންޏާ އެ ވަރުގެ ރޯލަކާ ދޭތެރޭ ވިސްނަން އަދި އަހަރެން ތަންކޮޅެއް ޅަ ވެސް ކަންނޭނގޭ،" އިނގިރޭސިވިލާތަށް އުފަން ނިކޮލަސް، 26، ބުންޏެވެ. "އެހެންވެ ހިސާބަށް ވިސްނުން ގެންދަން އަދި ތަންކޮޅެއް ދަތި."

ބޮންޑްގެ އެންމެ ފަހުގެ ހަތަރު ފިލްމުގައި ވެސް އެ ރޯލް ކުޅެފައި ވަނީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގެވެ.

އޭނާގެ ބަދަލުގައި ދެން އެ ރޯލް ކުޅެން އެންމެ ކަމުދާ އެކްޓަރަށް އޭނާ ދެކެނީ ކަޅު އެކްޓަރު އިދްރީސް އެލްބާ ކަމަށް ނިކޮލަސް ބުންޏެވެ.

ކްރެއިގް ވަނީ ދެން ބޮންޑްގެ ރޯލް ނުކުޅެން ނިންމައިފަ އެވެ.

"ވޯޓަކަށް ދާ ކަމަށް ވަންޏާ އަހަރެންގެ ވޯޓް ދާނީ އިދްރިސް އަށް،" މޭޑް މެކްސް: ފިއުރީ ރޯޑްގެ ބަތަލު ބުންޏެވެ.

އެހެން ނަމަވެސް ކަޅު އެކްޓަރަކު "ޖޭމްސް ބޮންޑް" ގެ ރޯލުން ފެންނާކަށް ބެލުންތެރިންނާއި ކްރިޓިކުން ވެސް އެހާ ހިތްހަމަމެޖޭ ކަމަކަށް ނުވެ އެވެ. އެހެންވެ މިއީ އަދިވެސް ބަހުސް ކުރެވެމުން އަންނަ މައްސަލައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ބޮންޑްގެ ރޯލުން ދެން ފެނުން އެންމެ ގާތީ އަނެއްކާ ވެސް އިނގިރޭސި އެކްޓަރެކެވެ.

އެއީ ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާ މިހާރު ޑޭޓް ކުރަމުން އަންނަ އެކްޓަރު ޓޮމް ހިޑެލްސްޓަން އެވެ.