13 ޖެނުއަރީ 2018 - 05:36

ޕްރޮފެޝަނަލް ކުޅުންތެރިނަށް އެއް ފެންވަރެއްގައި ހިފަހައްޓާލެވެނީ ވަރަށް ގިނަ ވަސީލަތްތަކުގެ އެހީގައެވެ. އެކި ބްރޭންޑްތަކުގެ ޕަފޯމަންސް ޓްރެކިންގް ސިސްޓަމްތައް ބޭނުންކުރެ އެވެ.
ސްމާޓް ޕަފޯމަންސް ޓްރެކިންގް ވެބްސައިޓުން އިޝްތިހާރު ކުރަމުން އަންނަ އެސްޕީޓީ2 އަކީ ކޮނޑުކެނޑި ފަޅިއެއްހެން ނައިލޯނާއި ދެމޭ އިލާސްޓޭން ފޮތިން ފަހާފައިވާ އެއްޗެކެވެ. މީގެ ތެރޭގައި ޖީޕީއެސް އާއި 100ހާޓްޒް އިނާޝަލް މޫވްމަންޓް ޔުނިޓް ކިޔާ ކުޑަ ކުޑަ 27ގްރާމްގެ ޑިވައިސް އެއް ފައްތާފައިވެއެވެ. އެ ލައިގެން ދުވާ ހުރިހާ ދުވުމަކާއި ދަނޑުމަތީ ދައްކާ ހުރިހާ ހަރަކާތެއް، އެންމެ ސުވިޗަކަށް ފިތާލައިގެން ރިކޯޑުކުރެވެމުންދާނެއެވެ.
ދަނޑުމަތީގައި އެންމެ ގިނަ ވަގުތު ހޭދަކުރި ތަނަކާއި ދުވި މިންވަރަކާއި މި ނޫނަސް ކަސްރަތާ ގުޅުންހުރި އެތައް މައުލޫމާތެއް އަންގައިދެއެވެ.
އެސްޕީޓީ2ގެ ރެކޯޑުތައް ފެންނާނީ ގޭމް ޓްރެކާ ސޮފްޓްވެޔާ މެދުވެރިކޮށެވެ. މިގޮތުން ހޯދާ މައުލޫމާތަކީ، ގޭދޮށުގައި ކުޅެލާ ކުޑަކުޑަ މުބާރާތަކުން ޓީމަށް ކާމިޔާބީ ހޯދައިދޭން ބޮޑު އެހީތެރިކަމަކަށްވާނެއެވެ. އެސްޕީޓީ2 ކޮނޑުކެނޑި، ސްމާޓް ޕަފޯމަންސް ޓްރެކިންގް ވެބްސައިޓުން މިހާރު ލިބެން ހުރީ 249 ޑޮލަރަށެވެ.