އަލިފާން ރޯވި ތެޔޮ ޓޭންކަރު ފެތިއްޖެ
އަލިފާން ރޯވި ތެޔޮ ޓޭންކަރު ފެތިއްޖެ

ޝެންހާއީ (ޖެނުއަރީ 14) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވެ ރޯވެ އަނދަމުން ދިޔަ ޓޭންކަރު އެންމެ ފަހުން ފެތިއްޖެ އެވެ.

ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓު ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސަންޗާއީ ޓޭންކަރު ފެތިފައި މި ވަނީ އަލިފާން ރޯވިތާ ހަފުތާއެއް ފަހުންނެވެ. މި މަހު 6 ވަނަ ދުވަހު އެކްސިޑެންޓް ހިނގީ ޝެންހާއީގެ ބޭރުން 160 މޭލު ދުރުންނެވެ. އޭގެ ފަހުން ވަނީ އިރު ދެކުނަށް ޖަޕާނާ ދިމާލަށް ޓޭންކަރު އޮޔާ ގެންގޮސްފަ އެވެ.

އީރާނުން ބުނީ ޓޭންކަރުން ގެއްލުނު 32 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭން ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ގެއްލިފައި ވަނީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. ކާގޯ ބޯޓުގައި ތިބި 21 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގައި ވަނީ އީރާނުގެ 12 މީހުންގެ މައްޗަށް އެކުލެވޭ ކޮމާންޑޯ ޓީމަކުން ބައިވެރިވެފަ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 13 ވެހިކަލަކުން ވެސް ބައިވެރިވި އެވެ. ޓޭންކަރުގެ ކަޅު ފޮށި ވަނީ ހޯދައިފަ އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗައި ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ އީރާނުން ސައުތު ކޮރެއާ އަށެވެ. ޗައިނާ އިން ބުނީ ޓޭންކަރު ފެތުނު އިރު ތެޔޮ ލީކުވެފައި ނުވާ ކަމަށެވެ.