ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި
ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ ޔުނިވަސިޓީ ނުވަތަ ކޮލެޖެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯރު، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މިއަދު ހުޅުވައިފި އެވެ.

ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި
ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި

"އެމްސެވަން ބުކްސްޓޯ- އައިޔޫއެމް" ގެ ނަމުގައި އެ ތަން ހުޅުވައިދެއްވީ، އެ ޔުނިވަސިޓީގެ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި
ރާއްޖޭގެ ޔުނިވަސިޓީއެއްގައި ހުޅުވި ފުރަތަމަ ބުކްސްޓޯ އައިޔޫއެމްގައި

ވައިލެޓް މަގަށް ބޭރަށް ގޮތަށް ގޮތަށް ހުޅުވި ބުކްސްޓޯ ހިންގާނީ އެމްސެވަންއާ ގުޅިގެންނެވެ. އެ ތަނުން އާއްމުންނަށް ވެސް ޚިދުމަތް ދޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އިސްލާމިކް ޔުނިވަސިޓީން ބުނީ ސްކޫލަށް ބޭނުންވާ ސާމާނުގެ އިތުރުން ތަފާތު ފޮތްތައް ވެސް ބުކް ސްޓޯގައި ހުންނާނެ ކަމަށެވެ. އަދި ފޮޓޯ ކޮޕީ ނެގުމާއި ބައިންޑް ކޮށްދިނުމާއި ޕަބްލިޝިންގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

"އާއްމުންނަށް ވެސް ހިދުމަތް ދޭނެ. އެކަމަކު މި ޔުނިވަސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިންނަށް ހިދުމަތްތަކުން ޑިސްކައުންޓް ލިބޭނެ،" އައިޔޫއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ޔުނިވަސިޓީން ޕަބްލިޝް ކުރާ ފޮތްތަކާއި ދީނާ ގުޅޭ މައުލޫމާތުތައް ލިބޭ ގިނަ އަދަދެއްގެ ފޮތް ވެސް އެ ބުކްސްޓޯރުން ލިބޭނެ ކަމަށް ބުންޏެވެ.