ކާބުލްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 63 މަރު
ކާބުލްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 63 މަރު

ކާބުލް (ޖެނުއަރީ 27) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމްބިއުލެންސެއްގައި ގޮވާ ތަކެތި ހަރުކޮށްގެން މިއަދު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 63 މީހުން މަރުވެ 151 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކާބުލްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 63 މަރު
ކާބުލްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 63 މަރު

ގޮވާތަކެތި ހަރުކޮށްފައިވާ އެމްބިއުލެންސް ޕޮލިސް ޗެކްޕޮއިންޓެއް ހުރަަސްކޮށް، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ވަދެވޭ މަގަކަށް ވަނީ އެތެރެވެފަ އެވެ. އެމްބިއުލެންސް ގޮއްވާލާފައި ވަނީ ކުރީގެ ދާޚިލީ ވުޒާރާ ހުރި އިމާރާތާއި ޔޫރަޕިއަން ޔޫނިއަން އަދި ހައި ޕީސް ކައުންސިލް އޮފީސް ސަރަހައްދުގަ އެވެ.

މަންޒަރު ދުށް މީހުން ބުނެފައި ވަނީ ބޭރުގެ އެމްބަސީތަކާއި ސިޓީ ޕޮލިސް ހެޑްކުއާޓާޒް ހުންނަ ސަރަހައްދުގައި ބޮން ގޮއްވާލި އިރު ގިނަ ބަޔަކު އެ ސަރަހައްދުގައި ތިބި ކަމަށެވެ. ޒަޚަމްވިވެގެން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ބައެއް މީހުންގެ ހާލު ދެރަ ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެންވެ ބޮމުގެ ހަމަލާގައި މަރުވާ މީހުން އިތުރުވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހަމަލާ ދީފައި ވަނީ ތާލިބާނުން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. މީގެ ހަފުތާއެއް ކުރިން ތާލިބާނުން ވަނީ ކާބުލްގެ ހޮޓަލަކަށް ހަމަލާދީ 22 މީހުން މަރާލައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް އަފްޣާނިސްތާނުގައި ދިން ސިލްސިލާ ހަމަލާތަކެއްގައި އެއް ހަފުތާ ތެރޭ ވަނީ 176 މީހުން މަރުވެފަ އެވެ. ކާބުލްގައި މެއި މަހު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ 150 މީހުން މަރުވެފަ އެވެ.