ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ
ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ

ޓެކްނޮލޮޖީގެ ފަސޭހަތައް އާންމުވުމުގެ ކުރިން މާލޭގެ ރަައްޔިތުންގެ މުނިފޫހިފިލުވުމުގެ ވަރަށް ބޮޑު ވަސީލަތަކަށް ވި ސްޓާ ސިނަމާ ތަޅާލައި އެތަނުގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ
ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ

މާލޭގެ ހުޅަނގު ފަރާތުން މަޖީދީ މަގު ނިމޭކޮޅުގައި ހުންނަ ސިނަމާ ތަޅާލައި އެތަނުގައި އަޅަނީ، އެކި ބޭނުންތަކަށް ބޭނުންކުރެވޭ އިމާރާތެއް ކަމަށް، އެ ބިމުގެ މިލްކުވެރި އާއިލާ އިން ބުނެ އެވެ.

ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ
ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް އަޅަނީ

ސްޓާ ސިނަމާގެ ވެރިޔާ، އަބްދުﷲ ރަޝީދުގެ ދަރިކަލުން، އަސްލަމް ރަޝީދު މިއަދު ވިދާޅުވީ 4،000 އަކަފޫޓުގެ ބިމުގައި، މަލްޓި ޕާޕަސް އިމާރާތެއް އަޅަނީ، އެ ބިން ބަހަން އާއިލާ އިން ބޭނުން ނުވާތީ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން އަވަހާރަވެފައިވާ ވިޔަފާރިވެރިޔާ އަބްދުﷲ ރަޝީދުގެ ފަސް ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރެއިން އެންމެ ދޮށީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަކީ އަބްދުﷲ ރަޝީދަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ.

އަސްލަމް ވިދާޅުވީ އާއިލާގެ އެންމެން ހިއްސާވާ އިމާރާތެއްގެ ގޮތުގައި އެތަން ހަދަނީ އެކި ބޭނުންތަކަށް ހާއްސަކުރާ ހޯލުތަކާއި ކެފޭތަކާ ވެސް އެކުގަ އެވެ. އެ އިމާރާތަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"އާއިލާގެ ހުރިހާ ކުދިންގެ ތަނެއްގެ ގޮތުގައި އެތަން އިމާރާތް ކުރަނީ. ގާތްގަނޑަކަށް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ،" ކުރިން ދިވެހި އެތައް ފިލްމެއް ޕްރޮޑިއުސްކުރެއްވި އަދި ސްޓާ ސިނަމާ ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވި އަސްލަމް ވިދާޅުވި އެވެ.

މާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރަން ހުއްދަ ދީފައިވާ ވަރަށް އެތަން ހެދި ނަމަވެސް މިފަހަރު ސިނަމާއެއް ނުހުންނާނެ އެވެ. އެއީ، އަސްލަމް ވިދާޅުވި ގޮތުގައި، އެ ވިޔަފާރި ތެރޭގައި އާއިލާ އިން އުޅެން ބޭނުން ނުވާތީ އެވެ.

"މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އަޅުގަނޑުމެން ސިނަމާ ވިޔަފާރި ހުއްޓާލީ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވެގެން. އެހެންވީމަ މި އިމާރާތުގައި ވެސް ސިނަމާއެއް ނުހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

މީގެ 35 އަހަރު ކުރިން 1982 ގައި ސްޓާ ސިނަމާ ހުޅުވީ އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަދި މިހާރުގެ މަޝްހޫރު ބަތަލް ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީޓޫ ސިންގެވެ. އެ ދެ މީހުންނާ އެކު ކަޕޫރު އާއިލާގެ އެހެން ތަރިއެއް ކަމަށްވާ ރަންދީރު ކަޕޫރު ވެސް މާލެ އަ އެވެ.

ސްޓާ ސިނަމާގެ އިތުރުން އެ އިމާރާތުގައި ކުރިން ވަނީ މާލޭގެ އެންމެ މަޝްހޫރު އެއް ސައި ހޮޓާ، ސްޓާ ރެސްޓް ވެސް ހިންގައިފަ އެވެ.