07 ފެބުރުއަރީ 2018 - 06:48

މިދިޔަ ހަފުތާގައި އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ނެގި އެވެ. އެ އަށް ފަހު ޓެލެގްރާމް ޑިވެލޮޕަރުންނަށް އެޕަލް އިން އެކަން އެންގި އެވެ. ސަބަބެއް ކަމަށް ބުނީ، ޓެލެގްރާމް ޗެނަލްތަކުގައި ކަމުނުދާ ޒާތުގެ ކޮންޓެންޓްތައް ވަރަށް ގިނަވުމެވެ.
ޓެލެގްރާމް ޑިވެލޮޕަރުން އަވަސްއަރުވާލައި، އެޕަލް ރުހޭހާ ގޮތެއް ހެދުމަށް ފަހު، އެޕް ސްޓޯރަށް ޓެލެގްރާމި ލި އެވެ. އެ އަށް ފަހު އެޕް ސްޓޯރުގައި ޓެލެގްރާމް ވަރަށް އުފަލުގައި އެބަ އިނެވެ. އެކަމަކު ވެސް ކަމުނުދާ ޒާތުގެ ކޮންޓެންޓްތަކަކީ ކޮބައި ކަމެއް އެޕަލް އަކުން ނުބުނެ އެވެ.
ޓެލެގްރާމް ބޭނުންކުރާ މީހަކު އެޕަލްގެ ފިލް ޝިލާ އަށް ފޮނުވި ސުވާލަކަށް ދިން ޖަވާބުގައި، އެޕް ސްޓޯރުން ޓެލެގްރާމް ނެގި ސަބަބު ވަނީ ބުނެދީފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ ޓެލެގްރާމް މެދުވެރިކޮށް "ޗައިލްޑް ޕޮނޮގްރަފީ" އަށް ހިތްވަރުދޭ ކޮންޓެންޓްތައް އިތުރުވާތީ ކަމަށެވެ.
އެޕަލު އިން މި ދިން ޖަވާބާ ގުޅިގެން އެއީ ތެދެއްތޯ އަހަރެމެން ވެސް ބެލީމެވެ. އެޕަލް އިން ކޮށްފައި ވަނީ ވަރަށް ރަނގަޅު މަސައްކަތެކެވެ. އެކަމުގެ ސަބަބުން ބަދަލުއައިސްފައި ވަނީ ހަމައެކަނި އައިފޯނަށް ޚާއްސަ ޓެލެގްރާމް ކޮންޓެންޓްތަކަކަށް ނޫނެވެ. އެންޑްރޮއިޑް ޗެނަލްތައް ވެސް މިހާރު ތައްކަތެވެ.
ޓެލެގްރާމަކީ ވަރަށް ބޭނުންކުރާހިތުން އަހަރެމެން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ގޮތުގައި ޓެލެގްރާމް ލޭބަލްކުރެވުނު ނަމަވެސް، އެއީ ކިޔަވާ ކުދިން އަދި އިލްމު އުނގެނޭ މީހުންނަށް ވެސް ބޮޑު ފަސޭހައެކެވެ. އެހެން ނަމަވެސް، އެޕަލް އިން ބުނި ފަދައިން، ދުވަސްތަކެއް ކުރިން އަހަރެމެންނަށް ވެސް ވަނީ އަޚުލާގީ ގޮތުން ފެންވަރު ދަށް ޗެނަލްތަކުގެ އުނދަގޫ ފޯރައިފަ އެވެ.
މި ލިޔުން ލިޔަން ފެށުމުގެ ކުރިން ޓެލެގްރާމް ފޯރަމްތައް ހާވާލީމެވެ. ކުރި އަށް ވުރެ ސަހަލެވެ. ރައްކާތެރި ގޮތުގައި ޓެލެގްރާމް ބޭނުންކުރަން އެދޭ ނަމަ ބޭނުންކުރާ ފޯނަކާ ގުޅޭ އެޕްލިކޭޝަން އަޕްޑޭޓްކޮށްލަން ފެނެ އެވެ.