ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ދުނިޔޭގެ ވައިގެ އެކްސިޑެންޓްތަކަށް ބަލާއިރު އެންމެ ފަހުން ހިނގި ހާދިސާއަކީ މިސްރު އެއާގެ މަތިންދާ ބޯޓެއް މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމެވެ.

ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ޕެރިހުން ފުރައިގެން 66 މީހުންނާ އެކު ގާހިރާ އަށް ދަތުރު ކުރި އެއާބަސް އޭ320 ގެ މަތިންދާ ބޯޓު ވެއްޓެން މެދުވެރި ސަބަބާ ބެހޭ ގޮތުން އެކި އެކި ތިއަރީތައް ވަނީ އުފަންވާން ފަށައިފަ އެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެފައި ވަނީ ބޯޓު ވެއްޓުމުގައި ބުރަވެވޭ ވަކި ތިއަރީއެއް ނެތް ކަމަށެވެ. ނަމަވެސް އެ ގައުމުގެ އޭވިއޭޝަން އޮފިޝަލުން ބުނެފައި ވަނީ ބޯޓު ވެއްޓުނު ކަމަށް ލަފާ ކުރެވެނީ ޓެކްނިކަލް މައްސަލައަކަށް ވުރެ ބޮޑަށް ޓެރަރިސްޓް އަމަލަކުން ކަމަށް ލަފާ ކުރެވޭ ކަމަށެެވެ.

ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ފަހުގެ ތާރީޚަށް ބަލާއިރު ރަޝިއަން އެއާލައިންސްގެ ބޯޓެއް މިދިޔަ އޮކްޓޯބަރު މަހު ވެއްޓިފައި ވަނީ 224 މީހުން މަރުވެފަ އެވެ. މި ބޯޓު ވައްޓާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބޮމެއް ގޮއްވާލައިގެންކަން ފަހުން ވަނީ އެނގިފަ އެވެ. އޭގެ ކުރިން މާޗް 8، 2014 ގައި މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ގެއްލުމުގެ ހާދިސާ އަކީ ދުނިޔޭގެ ވައިގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ގޮތް ނޭނގޭ ހާދިސާ އެވެ. ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ ވައިގެ ހިތާމަވެރި ހާދިސާތަކަށް ބަލާއިރު ތިރީގައި މި ވަނީ އެންމެ ބޮޑު ފަސް ހާދިސާ އެވެ.

ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ކޮމާޝަލް އޭވިއޭޝަން ވައިގެ ތާރީޚަށް ބަލާއިރު އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވި ހިތާމަވެރި ހާދިސާއެއް ހިނގާފައި ވަނީ ސެޕްޓެމްބަރު 11، 2001 ގަ އެވެ. އެމެރިކަން އެއާލައިންސް ފްލައިޓާއި ޔުނައިޓެޑް އެއާލައިންސް ފްލައިޓް ވޯލްޑް ޓްރޭޑް ސެންޓަރުގައި ޖެއްސުމުން މަރުވި 265 މީހުންގެ އިތުރުން ވޯލްޑް ޓްރޭޑް ސެންޓަރުން މަރުވި މީހުންގެ އަދަދު 2600 އަށް ވުރެ މައްޗަށް އަރަ އެވެ.

ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ސްޕޭނުގެ ޓެނެރީފް އެއާޕޯޓުގައި ބޯއިން 747 ގެ ދެ މަތިންދާ ބޯޓު ޖެހިގެން ހިނގި ހިތާމަވެރި ހާދިސާގައި 583 މީހުން ވަނީ މަރުވެފަ އެވެ. މާޗް 27، 1977 ވަނަ އަހަރު ހިނގި މި ހާދިސާ އަކީ ރަންވޭ މަތިން ހިނގި އެންމެ ބޮޑު އެކްސިޑެންޓެވެ. ކޭއެލްއެމްގެ ފްލައިޓެއް ނައްޓާލަން އުޅެނިކޮށް ރަންވޭގައި އޮތް ޕޭން އެމެރިކާ ފްލައިޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެ ބޯޓު ވެސް ހަލާކުވި އެވެ. މި ހާދިސާގައި ކޭއެލްއެމް ފްލައިޓުގައި ތިބި 248 މީހުން މަރުވި އެވެ. އަދި ޕޭން އޭމް ފްލައިޓުގައި ތިބި 396 މީހުންގެ ތެރޭން 335 މީހުން މަރުވި އެވެ.

ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް
ވައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާތައް

ޓޯކިޔޯ އިން އޮސާކާ އަށް ދަތުރުކުރި ޖަޕާން އެއާލައިންސްގެ މަތިންދާ ބޯޓު އޮގަސްޓް 12، 1985 ގައި ވެއްޓުމުން ބޯޓުން ދަތުރުކުރި 15 ފަޅުވެރިންނާއި 509 ޕަސިންޖަރުންގެ ތެރޭން 505 މީހުން މަރުވި އެވެ. ގިނަ މީހުން މަރުވެފައި ވަނީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ލަސްވުމުގެ ސަބަބުންނެވެ. މިއީ އެއް ތާރީޚުގައި ވެސް އެއް މަތިންދާ ބޯޓަކުން އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ.

ވައިގެ ތެރޭގައި ދެ ބޯޓު ޖެހިގެން އެންމެ ބޮޑު އެކްސިޑެންޓެއް ހިނގާފައި ވަނީ ނޮވެމްބަރު 12، 1996 ގަ އެވެ. ނިއު ދިއްލީގެ ހުޅަނގުން ސައުދީ އަރަބިއަން އެއާލައިންސްގެ ބޯޓަކާއި ކަޒަކްސްތާން އެއާލައިންސްގެ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓުގައި 349 މީހުން ވަނީ މަރުވެފަ އެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ކަޒަކްސްތާނުގެ ބޯޓުގައި ތިބި ޕައިލެޓުންނަށް އިނގިރޭސި ބަސް ރަނގަޅަށް ނޭނގުމުން އެރި އޮޅުމެއްގެ ސަބަބުންނެވެ. މިއީ އިންޑިއާގެ ހިނގި ވައިގެ އެންމެ ބޮޑު ހާދިސާ އަދި ދުނިޔޭގެ އޭވިއޭޝަން ތާރީޚުގައި ދެ ބޯޓެއް ޖެހިގެން ހިނގި އެންމެ ބޮޑު ހާދިސާ އެވެ.

ޓާކިޝް އެއާލައިންސްގެ ފްލައިޓް، މާޗް 3، 1974 ގައި ފްރާންސްގެ އެމަަނޮންވީލް ޖަންގަލީ ސަރަހައްދަށް ވެއްޓި ހިނގި އެކްސިޑެންޓުގައި 346 މީހުން ވަނީ މަރުވެެފަ އެވެ. މިއީ ފްރާންސްގައި ހިނގި އެންމެ ބޮޑު ވައިގެ ހާދިސާ އެވެ. ބޯޓު ވެއްޓެން ދިމާވީ ބޯޓުގެ ކާގޯ ދޮރެއް ރަނގަޅަށް ބަންދު ނުކުރެވި ހުރުމުން ހަލާކުވެ އަދި ބޯޓު ކޮންޓްރޯލް ކުރާ ބައެއް ކޭބަލްތައް ވެސް ހަލާކުވުމުންނެވެ.