"ބްލެކް ޕެންތާ" އަށް އޮޕްރާ ވިންފްރީ ތައުރީފުކޮށްފި
"ބްލެކް ޕެންތާ" އަށް އޮޕްރާ ވިންފްރީ ތައުރީފުކޮށްފި

މާވެލްގެ "ބްލެކް ޕެންތާ" ގިނަ ބައެއްގެ ހިތްތައް އަތުލައި، ބޮކްސް އޮފީހުގައި ދުވެލި ބާރުކޮށްފައިވާ އިރު، މި ފިލްމަށް އޮޕްރާ ވިންފްރީ ވަރަށް ތައުރީފުކޮށްފި އެވެ.

ފިލްމް ބަލާފައި އޭނާ ކުުރި ޓްވީީޓެއްގައި ވަނީ ފިލްމް ވަރަށް ކަމުދިޔަ ކަމަށް ބުނެފަ އެވެ. އޮޕްރާ ބުނީ ފިލްމްގައި މުޅިން ވެސް ހުރީ ޝައުގުވެރި ކަންތައްތަކެއް ކަމަށެވެ. އޭނާ އަށް ފިލްމް އެހާ ބޮޑަށް ކަމުދިޔައީ ފިލްމްގައި ކަޅު އެކްޓަރުން ގިނަކަމުން ކަމަށް ވެސް ވެދާނެ އެވެ.

ޑިޒްނީން އަންނަ މަހު ރިލީޒް ކުރާ، "ދަ ރިންކަލް އިން ޓައިމް" ގައި މުހިއްމު ރޯލެއް ކުޅެފައިވާ އޮޕްރާއަކީ ވެސް ކަޅު ނަސްލުގެ މީހެކެވެ. އަނެއްކޮޅުން މި ފަހަކަށް އައިސް ހޮލީވުޑްގައި ދޮން އެކްޓަރުންގެ މައްޗަށް ކަޅު އެކްޓަރުން އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ.

ގާތްގަނޑަކަށް މުޅިންހެން ކަޅު އެކްޓަރުން ފެނިގެންދާ "ބްލެކް ޕެންތާ" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ރަޔަން ކޫގްލާ ޑައިރެކްޓްކޮށްފައިވާ ސްޕަހީރޯ ފިލްމެކެވެ.

މި މަހުގެ 16 އިން ފެށިގެން އާންމުކޮށް ސިނަމާތަކުގައި ދައްކަމުން އަންނަ އިރު، ބޮކްސް އޮފީހުގައި ފިލްމަށް ވަނީ މިހާތަނަށް ވަނީ 200 މިލިއަނަށް ވުރެ ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

"ބްލެން ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި މި އަހަރުގެ އޮސްކާގެ އެންމެ މޮޅު އެކްޓަރަކަށް ފިލްމް "ގެޓްއައުޓް" އިން ނޮމިނޭޓްވެފައިވާ ޑެނިއަލް ކަލުޔާ އާއި އޮސްކާ ހާސިލްކޮށްފައިވާ ބަތަލާ ލުޕިޓާ ނިއޮންގޯގެ އިތުރުން މައިކަލް ބީ. ޖޯޑަން، ޗަޑްވިކް ބޯޒްމަން، ވިސްޓަން ޑޫކް އަދި އެންޖެލާ ބެސޭ ފަދަ ތަރިން ހިމެނެ އެވެ.