23 ފެބުރުއަރީ 2018 - 06:54

ގޯތިގެދޮރާއި އަގުބޮޑު މުދާ ރައްކާތެރިކޮށްދޭނެ އެކި ވަސީލަތްތައް މިހާރު ހުރެއެވެ. އެކަމަކު ސިމްޓެކް ކުންފުނިން ގަބޫލުކުރާ ގޮތުގައި މޮޅު ސިސްޓަމެއް ހުރުމަކުން ނުފުދެއެވެ. ވައިފައި އާއި ބްލޫޓޫތުން ގުޅިފައި ހުއްޓަސް ކަމަކުނުދެއެވެ. މައްސަލައެއް އުޅޭ ނަމަ ވަގުތުން ވެރި ފަރާތަށް އެންގޭނެ ގޮތެއް އޮންނަންވާނެއެވެ. މި މަގްސަދު ހާސިލްކުރުމަށް ސިމްޓެކްއިން އުފެއްދީ ޑުއޯ އެވެ.
ޑުއޯ އަކީ މޯބައިލްފޯނާ ގުޅުވައިދޭ ސިސްޓަމެކެވެ. މި އުފައްދާފައި ވަނީ ރައްކާކުރަން ބޭނުންވާ ތަކެތި ބަހައްޓާފައި ހުންނަ ވަތްގަނޑުގެ އެތެރޭގައި ހަރުކުރާ ގޮތަށެވެ. މި ޑިވައިސް ފުރިހަމައަށް މަސައްކަތްކުރާނީ އަނދިރީގައެވެ. ޑުއޯ ޖައްސާފައި ވަތްގަނޑުތެރޭ ބާއްވާނީއެވެ. ވަތްގަނޑު ހުޅުވައިފިއްޔާ ޑުއޯއަށް އެނގުންވާނެއެވެ. ޑުއޯ ލާފައިވާ ވަތްގަނޑު ނުވަތަ ފޮށީގައި ބާރަށް ޖެހުނަކަސް ޑުއޯއަކަށް އެނގުމެއްނުވާނެއެވެ. ވަތްގަނޑު ހުޅުވައިފިއްޔާ 15 ސިކުންތުތެރޭ ވެރިމީހާގެ ފޯނަށް، އެންޑްރޮއިޑަކަސް އައިއޯއެސް އަކަސް މެސެޖު ފޮނުވާލާނެއެވެ. ޑުއޯގެ ސެލިއުލާ މޯޑެމް 200 އަށް ވުރެ ގިނަ ގައުމުގައި މަސައްކަތްކުރެ އެވެ.
ޑުއޯ މިވަގުތު ވިއްކަން ހުރީ 139 ޑޮލަރަށެވެ. ނަމަވެސް އާންމުކޮށް ވިއްކާނެ އަގަކީ 199 ޑޮލަރެވެ.