ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި

ރިޔާޒް ވިދާޅުވީ، ކުރިން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި އެއްވެސް ބަޔަކު ބަންދުގައި މިހާރު ނުބޭތިއްބޭނެ ކަމަށް.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، މަޖިލީހުން ގަރާރާ ގުޅޭ ކަންކަން ފާސްކުރީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާ ޚިލާފަށް ކަމަށް. އަދި ވިދާޅުވީ އެއާ ގުޅިގެން ހިނގާފައިވާ ހުރިހާ ކަމެއް ނިންމަން ޖެހޭނެ ކަމަށް. އިބޫ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މަސީހް ވިދާޅުވެފައިވާއިރު، އެ ހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތަށް ވެސް އަމަލު ކުރަން ނުޖެހޭނެ ކަމަށް.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިއްޔެ "މިހާރު"އަށް ވިދާޅުވީ: ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވޭނީ 43 މެމްބަރުން ބައިވެރިވެ ތިއްބަވާ ވަގުތެއްގައި ވޯޓެއް ނަގައިގެން ކަމަށް.

ކުރިން ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވިދާޅުވަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާށާއި މުއްދަތު އިތުރުކުރަން ވޯޓަށް އަހާ އިރު 43 މެމްބަރުން ތިބެން ޖެހޭނެ ކަމަށް. އަދި ޖަލްސާ ފަސްކުރަމުން، ބާއްވާނެ ގަޑިއެއް ކަނޑަނޭޅި ދިޔައީ ވެސް ބޭނުންވާ 43 މެމްބަރުން ގެނެވޭނެ ގޮތެއް ނެތުމުން. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތަކީ މުޅި ރައްޔިތުން އޭގެ މައްޗަށް އަމަލްކުރުން ލާޒިމް ނޫން ކަމެއް ކަމަށް ސަރުކާރުގެ ކޯލިޝަންގެ 38 މެމްބަރުން މިހާރު އެވަނީ ގަބޫލުކުރައްވާފައި.

މިއަދުގެ މުހިންމު ވޯޓު ނެގީ، ކުރިން ގާނޫނީ ގޮތުން ދައްކަމުން އައި ވާހަކަތަކާ މުޅިން ހިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 38 ވަނަ މާއްދާ، ސަރުކާރު ކޯލިޝަނުން ބޭނުންވާ ގޮތަށް މާނަކުރުމަށް ފަހު، ކޯރަމްގެ އަދަދު ދަށްކޮށްގެން.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން އިސްލާހު ކުރިއިރު ވަނީ، މަޖިލީހަށް މީހުން ހާޒިރުކުރުން ފިޔަވައި ހުރިހާ ބާރުތަކެއް ދީފައި. އަދި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމާ މެދު ސުވާލު އުފެދޭ ހާލަތުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ބާރު ވެސް، އިސްލާހު ކުރި ގަރާރުން ވަނީ އުނިކޮށްފައި. މިއީ 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، އެ ގަރާރުގެ ދަށުން ހިފަހައްޓާފައިވާ ބާރުތަކެއް.

ޖަލްސާ ނިންމާލައިފި.

ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން އެ ކޯޓަށް ހުށަހަޅަން ނިންމި ގަރާރު 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ގަރާރާއި، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަސް ދަންމަން 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި.

ސުޕްރީމް ކޯޓާއި މަޖިލީހުގެ ބާރުތައް، ގަރާރުން ހިފަހައްޓާ ބައިތައް އުނިކުރުމަށް 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި.

މަޖިލީހުގެ ރައީސް މަސީހް ވިދާޅުވީ، ރައްޔިތުން އޭގެ މައްޗަށް ލާޒިމްކުރާ ކަންކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ހިމަނާފައި ނުވާ ކަމަށް. އެހެންވެ މި ޖަލްސާގައި ވޯޓަށް އައްސަވަނީ މަޖިލީހުގައި އާންމު ކުރާ އުސޫލުން ކަމަށް. އެއީ 21 މެމްބަރުން ތިއްބަވައިގެން ކަންކަން ފާސްވުން.

ބަހުސްގެ މަރުހަލާ ނިންމައި، ކޮމެޓީގެ ރިޕޯޓުގައި ވާ ކަންކަމަށް ވޯޓަށް އަހަން ތައްޔާރުވެއްޖެ.

ރިޕޯޓުގައި ހިމެނޭ ކަންކަމަށް ވަކިވަކިން ވޯޓަށް އަހަން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހަޅުއްވައި، އެ ހުށަހެޅުއްވުމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ތާއީދު ކުރައްވައިފި.

މަޖިލީހުގެ ޖަލްސާ ފަށައި، ކޮމެޓީގެ ރިޕޯޓް ހުށަހަޅައިފި.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވާ މެމްބަރުންގެ އަދަދާ މެދު ސުވާލު އުފެދިފައިވާތީ، ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން އެ ކޯޓަށް ހުށަހަޅަން، ގަރާރު ދިރާސާކުރި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމައިފި.

މަޖިލީހުގެ ޖަލްސާ 5:45 ގައި ފަށާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި.

ޖަލްސާ ނުފެށި ލަސްވަމުން ދަނީ އެނގިފައިވާ ގޮތުގައި ގައުމީ ސަލާމާތާ ބެހޭ ކޮމެޓީގެ ބައްދަލުވުން އަދިވެސް ނުނިމޭތީ.

އިދިކޮޅު މެމްބަރުން މިއަދު ވެސް ޖަލްސާގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެ. އިދިކޮޅުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ، އެ ގަރާރަށް ގާނޫނީ ހައިސިއްޔަތެއް ލިބިދިނުމުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް. އިދިކޮޅު ފަރާތްތަކުން ޖަލްސާގައި ބައިވެރި ނުވެއްޖެ ނަމަ، މި ގާރާރު ހުށަހަޅާ ޖަލްސާގެ ކޯރަަމް ހަމައެއް ނުވާނެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުރަން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ކޯލިޝަންގެ މެމްބަރުން ދެންމެ ފާސްކޮށްފި އެވެ.

އެކަމަކު ވޯޓު ނެގީ، ކުރިން ގާނޫނީ ގޮތުން ދައްކަމުން އައި ވާހަކަތަކާ މުޅިން ހިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 38 ވަނަ މާއްދާ، ސަރުކާރު ކޯލިޝަނުން ބޭނުންވާ ގޮތަށް މާނަކުރުމަށް ފަހު، ކޯރަމްގެ އަދަދު ދަށްކޮށްގެންނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުން އަމަލްކުރަން ލާޒިމް ކޮންމެ ކަމެއް މަޖިލިހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ޖުމްލަ އަދަދުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނައިން މެމްބަރުން ހާޒިރުވެ ތިބެ ނަގާ ވޯޓެއްގަ އެވެ. އެކަމަކު މަޖިލިހުން މިހާރު ތަރުޖަމާކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު، ރައްޔިތުން އަމަލްކުރުން ލާޒިމްކުރާ ކަންކަމުގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ޖަލްސާގައި ވޯޓަށް އެހީ ތިން ބައި ކުޅަ އެއް ބައި މެމްބަރުން ތިބެގެން ޖަލްސާއެއް ބޭއްވޭނެ ކަމަށް ބުނާ މާއްދާއަށް ފައްތައިގެންނެވެ. މަޖިލިހުގެ ސިމްޕަލް ކޯރަމަކީ 21 މެމްބަރުންނެވެ. މިއަދުގެ މުހިންމު ޖަލްސާގައި 38 މެމްބަރުން ބައިވެރިވެވަޑައިގަތެވެ.