އިންޑިއާގައި ކައިވެނި ހަދިޔާއެއް ގޮވައި ފިރިމީހާ މަރުވެއްޖެ
އިންޑިއާގައި ކައިވެނި ހަދިޔާއެއް ގޮވައި ފިރިމީހާ މަރުވެއްޖެ

އޮޑިޝާ (ފެބްރުއަރީ 25) - އިންޑިއާގައި ކައިވެނި ކުރި ދެމަފިރިއަކަށް ލިބުނު ކައިވެނި ހަދިޔާއެއް ގޮވާ ފިރިމީހާ އާއި އޭނާގެ މާމަ މަރުވެއްޖެ އެވެ.

އިންޑިއާގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި ހިނގި މި ހާދިސާގައި އަނބިމީހާ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ސޫމްޔާ ސެކަރު އާއި ރީމާ ސަހޫ ކައިވެނި ކުރީ މި މަހު 18 ވަނަ ދުވަހު އެވެ. އެކަމަކު އެ މީހުންގެ ކައިވެނީގެ ހަފުލާގައި ލިބުނު ހަދިޔާ ކެނޑީ ދުވަސްކޮޅެއް ފަހުން ކަމަށް ފުލުހުން ބުންޏެވެ. ޕާރުސަލް ހުޅުވަން އުޅެނިކޮށް އެ ގޮވާ ފިރިމީހާ ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ފޮނުވާފައި ވަނީ ޕާރުސަލް ބޮމެއް ކަމަށެވެ. އަދި އެ ޕާރުސަލް ފޮނުވި ފަރާތުގެ އެޑްރެސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފިރިމީހާ އާއި އޭނާގެ އުމުރުން 85 އަހަރުގެ މާމަ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެކަންކޮށްފައި ވަނީ އެ ސަރަހައްދުގެ ކޮންމެވެސް މީހެއް ކަމަށް ފުލުހުން ލަފާކޮށްފައިވެ އެވެ.