14 މާޗް 2018 - 06:34

ހަނދާންތައް ފަހަށް ރައްކާކުރުމަށް ރަނގަޅު ފެންވަރެއްގައި ފޮޓޯ ނަގާފައި ބަހައްޓަން ބޭނުން މީހުން ވަރަށް ގިނަ އެވެ. އެކަން ކުރެވޭނީ ރަނގަޅު، މޮޅު ސާމާނު ހުރެގެންނެވެ. މިފަދަ ސާމާނަކީ ކޮންމެ ފަހަރަކު އެހާ އަގުބޮޑު ތަކެއްޗެއް ނޫނެވެ. އެންމެ 28 ޑޮލަރަށް ވިއްކާ ޕެރިސްކޯޕް ސްމާޓްފޯން އެކްޝަން ކެމެރާ ކޭހަކީ މިކަމަށް އެކަށީގެންވާ އެއްޗެކެވެ.
ސްމާޓްފޯނުގެ ރައްކަލަށް ގެންގުޅޭ ކަވަރެންހެން ފަރުމާކޮށްފައިވާ މި ކަވަރަށް ފޯނު ޖަހާލައިގެން ބޭނުން މަންޒަރެއް ވަރަށް ސާފުކޮށް، ބޭނުންވާ ގޮތަށް ނަގައިދެއެވެ. ބޭނުން ދިމާއަކުން ބޭނުން އަރިހުރަހަކަށް ނަގަންވީއެވެ.
އެންމެ ފަސޭހަ ކަމަކީ ކުޑަ ދެ ލޯގަނޑުކޮޅު ވެސް މިއާ އެކު ލިބޭތީ އެވެ. ފޮޓޯ ނަގަން ބޭނުން ދިމާ، މި ލޯގަނޑުކޮޅުން އިތުރަށް ކަށަވަރުކޮށްދެއެވެ. އަދި މި ކަވަރުގައި ވާކޮޅު އަޅުވައިލެވޭނެ ޖާގަ ހުންނާތީ ބާރަށް ސައިކަލުގައި ދަމުން ވެސް ރީތި ފޮޓޯތަކެއް ނެގޭ ވަރަށް ފޯނު އޮންނާނީ ސައިކަލާ މަހާލެވިފައެވެ.
ހަމަ ސީދާ އެއްގަމު ގޯޕްރޯއެކެވެ. ފޮޓޯ ނަގާނެ ވަރަކަށް ނަގާ ނިމުމުން ފަޓުލޫނު ފައިކޭޓަށްލާ ރައްކާވެސް ކުރެވެއެވެ. އެހާމެ ފަތި ކަވަރެކެވެ.