ސްރީދޭވީ ސޮއިކުރި ފިލްމް "ޝިއްދަތު" މަދޫރީ އަށް
ސްރީދޭވީ ސޮއިކުރި ފިލްމް "ޝިއްދަތު" މަދޫރީ އަށް

ބަތަލާ ސްރީދޭވީ މަރުވި އިރު، އޭނާ ސޮއިކޮށްފައި އޮތް އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ހަދާ "ޝިއްދަތު" އެވެ. އެ ފިލްމަކީ އެ ސްޓޫޑިއޯ އަށް "2 ސްޓޭޓްސް" ޑައިރެކްޓްކޮށްދިން، އަބިޝެން ވަރްމަން، ލިޔެ، ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާއެކެވެ.

ސްރީދޭވީ، 54، އާ އެކު އެ ފިލްމްގެ ކާސްޓްގައި ދެން ހިމެނެނީ ސަންޖޭ ދަތާއި ވަރުން ދަވަން އާއި ސޮނާކްޝީީ ސިންހާ، އާލިއާ ބަޓްގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ.

ސްރީދޭވީގެ ކުއްލި މަރާ އެކު، "ޝިއްދަތު" ގައި އޭނާ ކުޅެން އޮތް ރޯލަށް މަދޫރީ ޑިކްސިޓް ހަމަޖެއްސި ވާހަކަތަކެއް ވެސް ތިލަވި އެވެ. އެކަމަކު އެކަން ޕްރޮޑިއުސަރު ކަރަން އާއި ޑައިރެކްޓަރު އަބިޝެކް ކަށަވަރުކޮށް ނުދިން ނަމަވެސް، ސްރީދޭވީގެ ދަރިފު ޖާންވީ ކަޕޫރް ވަނީ އެކަން އިސްޓަގްރާމްގައި ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ކަރަން ޕްރޮޑިއުސް ކުރާ "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ އިސްޓަގްރާމްގައި ވަނީ "ޝިއްދަތު" އަށް މަދޫރީ ނެގިކަން ޔަގީންކޮށް ދީފަ އެވެ. މަންމަ ސްރީދޭވީ އާއި މަދޫރީ އެކުގައި ނަގާފައިވާ ފޮޓޯއަކާ އެކު ޖާންވީ ބުނީ "ޝިއްދަތު" އަކީ މަންމަގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށެވެ.

"ބައްޕަ އާއި އަހަންނާއި ހުޝީ ވަރަށް ޝުކުރުވެރިވަން މަދޫރީ މަންމަ ކުޅެން އޮތް ފިލްމަށް އެއްބަސްވީތީ،" ޖާންވީ ބުންޏެވެ.

މަދޫރީ އާއި ސްރީދޭވީއަކީ އެ މީހުންގެ އެންމެ ރަންޒަމާނުގައި އެންމެ ވާދަވެރި ދެ ބަތަލާއިންކަމެވެ. އަދި "ޝިއްދަތު" ވެގެން ދާނީ މަދޫރީ އާއި ސަންޖޭ ވެސް ވަރަށް ގިނަ އަހަރުތަކެއް ފަހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. "ސާޖަން" އާއި "ކަލްނަޔަކު" ފަދަ އެތައް ފިލްމެއް އެކުގައި ކުޅެފައިވާ އެ ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 1997 ގެ "މަހާންތާ" އެވެ.

މަދޫރީ މި ވަގުތު ކުޅެމުން އަންނަ ހިންދީ ފިލްމަކީ އަނިލް ކަޕޫރާއި އަޖޭ ދޭވްގަންއާ އެކު ކުޅޭ އިންދަރް ކުމާރްގެ "ޓޯޓަލް ދަމާލް" އެވެ.