ދިރާގުން އާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ދެނީ
ދިރާގުން އާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ދެނީ

ދިރާގުން އާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ބޭނުންކުރަން ހިލޭ ބޯނަސް ޑޭޓާ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން އަލަށް ޕޯސްޓްޕެއިޑްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން އާ ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ބޭނުންކުރަން ފަސް ޖީބީ ޑާޓާ ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ ކުރިން އެ ކުންފުނިން ދެނީ ތިން ޖީބީ އެވެ.

"ހަމައެކަނި ކުރަން ޖެހޭ ކަމަކީ ހިދުމަތް ހޯދުމަށްފަހު ނަގަން ބޭނުންވާ ޕޯސްޓްޕެއިޑް ޕެކެޖެއް ހިޔާކުރަންވީ. އަޅުގަނޑުމެން މިއަންނަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތާއި އަގުތައް ވެސް ބައްޓަންކުރަމުން،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ދިރާގުން ޕޯސްޓްޕެއިޑްގެ ތަފާތު ހަތަރު ޕެކެޖެއް ތައާރަފްކޮށްފައިވެ އެވެ. އެގޮތުން މަހަކު 350ރ. ދައްކަން ޖެހޭ ޕެކޭޖާއި 550ރ. އާއި 750ރ. އަދި 1،000ރ. ޕެކޭޖް ހިމެނެ އެވެ.