05 އެޕްރީލް 2018 - 08:34

އިންޑިއާގެ އެންމެ މަޝްހޫރު އެއް އޮންލައިން ފިހާރަ ކަމަށްވާ ފްލިޕްކާޓް ގަންނަން އެމެޒޯން އިން ހުށަހަޅައިފި އެވ.

ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނި ގަންނަން އެމެޒޯން ހުށަހަޅާފައި މި ވަނީ އެމެރިކާގެ ރިޓެއިލް ވިޔަފާރި ކުންފުނި ވޮލްމާޓުން ވެސް ފްލިޕްކާޓްގެ ހިއްސާ ގަންނަން ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ މިންޓުން ރިޕޯޓްކޮށްފައިވާ ގޮތުން ވޮލްމާޓުން ހުށަހަޅާފައި ވަނީ ފްލިޕްކާޓްގެ 40 ޕަސެންޓް ހިއްސާ ގަތުމަށެވެ. އެ ޑީލް ހެދިއްޖެ ނަމަ، ފްލިޕްކާޓްގެ އާމްދަނީ 21 ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެ އެވެ. ތިރީސް ހާހަށް ވުރެ ގިނަ މުވައްޒަފުން ތިބި އެ ކުންފުނީގެ އަގު މިދިޔަ އަހަރާ ހަމައަށް ހުރީ 3.1 ބިލިއަން ޑޮލަރުގަ އެވެ.
ވޮލްމާޓުން ފްލިޕްކާޓްގެ ހިއްސާ ގަންނަން ފޫގަޅާފައިވާ އިރު، އެމެޒޯން އިން ވަނީ އެ މީހުންގެ އޮންލައިން ވިޔަފާރި އިންޑިއާގައި ފުޅާކުރަން ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ނިންމައިފަ އެވެ. ފްލިޕްކާޓަކީ އޭޝިއާގެ އޮންލައިން ވިޔަފާރީގައި އެމެޒޯންއާ ތިން ވަނަ އަށް ވާދަ ކުރާ ކުންފުނި ވެސް މެ އެވެ.
އިންޑިއާގެ އޮންލައިން ވިޔަފާރީގެ 40 ޕަސަންޓް ކޮންޓްރޯލް ކުރާ ފްލިޕްކާޓަކީ 2007 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. ފާހަގަކޮށްލެވޭ ކަމަކީ މީގެ ދެ ބާނީންނަކީ ކުރިން އެމެޒޯންގައި މަސައްކަތް ކުރި ސަޗިން ބަންސަލް އާއި ބިނީ ބަންސަލްކަމެވެ.