11 އެޕްރީލް 2018 - 16:21

އަލްޖިއާސް (އެޕްރީލް 11) - އަލްޖީރިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 250 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަލްޖީރިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ. ޓީވީ ނިއުސްތަކުން ބުނި ގޮތުގައި ބޯޓު ވެއްޓުނު ތަނަށް ވަނީ 14 އެމްބިއުލެންސް ދަތުރުކޮށްފަ އެވެ. އަދި ޒަޚަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ބޯޓު ވެއްޓިފައި ވަނީ ވެރިރަށް އަލްޖިއާސްއާ ކައިރީގައި އޮންނަ ބޫފަރިކް އެއާ އެއާޕޯޓަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކުން، އެއާޕޯޓުން ދުންއަރާ މަންޒަރު ފެނެ އެވެ.
ސިފައިންގެ ވެރިޔާ ވަނީ ބޯޓު ވެއްޓުނު ހާދިސާގެ ތަހްގީގެއް ފެށުމަށް އަންގަވައިފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން ވަނީ އަލްޖީރިއާގެ އަސްކަރީ ބޯޓެއް ވެއްޓި 77 މީހުން މަރުވެފަ އެވެ.