އައްޑޫގައި މޫދަށް އެރުނު ދެ ކުއްޖަކު ގެއްލިގެން ހޯދަނީ
އައްޑޫގައި މޫދަށް އެރުނު ދެ ކުއްޖަކު ގެއްލިގެން ހޯދަނީ

އައްޑޫގައި މިއަދު މޫދަށް އެރިގެން އުޅެނިކޮށް ތިން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް އޭގެ ތެރެއިން އެއް ކުއްޖަކު ފެނިފައިވާ ކަމަށާއި އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އައްޑޫގައި މޫދަށް އެރުނު ދެ ކުއްޖަކު ގެއްލިގެން ހޯދަނީ
އައްޑޫގައި މޫދަށް އެރުނު ދެ ކުއްޖަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް އިން ބުނީ މި ތިން ފިރިހެން ކުދިން ގެއްލުނީ ކޯއްޓޭ ސަރަހައްދަށް އެރިގެން އުޅެނިކޮށް ކަމަށާއި އެއް ކުއްޖަކު ފެނިފައި ވަނީ ހިތަދޫ ފަޔަ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދު ހޯދަނިކޮށް ކަމަށެވެ.

ގެއްލިގެން ހޯދާ ދެ ކުދިންނަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. އެއީ 14 އަހަރުގެ ދެ ކުދިންނެވެ.

އެނގިފައިވާ ގޮތުގައި، ގެއްލުނު ކުދިންގެ ތެރެއިން ފެނުނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ.

އެ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި މިހާރު އަންނަނީ ހެލިކޮޕްޓަރު ވެސް ބޭނުންކުރަމުންނެވެ.