26 އެޕްރީލް 2018 - 06:20

ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން ވަޓްސްއެޕް މިހާރު ވަރަށް މަގުބޫލެވެ. މިއީ 13 އަހަރުން މައްޗަށް ޔޫރަޕިއަން ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) އިން ހުއްދަ ދޭ އެޕަކަށް ވިޔަސް އަންނަ މަހުން ފެށިގެން މިއީ 16 އަހަރުން މައްޗަށް ހާއްސަ އެޕަކަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ވަޓްސްއެޕްގެ ބޭނުން ކުރުމުގައި ޔޫރަޕްގެ ގައުމުތަކުގެ އުމުރުފުރާ 16 އަށް މަތި ކުރި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް އޮންނާނީ ކުރިން ވެސް އޮތް އުސޫލެވެ.
ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުން 2014 އިން ފެށިގެން ހިންގާ ވަޓްސްއެޕް ބޭނުން ކުރެވޭ އުމުރުފުރާ މައްޗަށް ޖައްސަން ނިންމި ނަމަވެސް، އެކަން މޮނިޓަކުރާނެ އުސޫލްތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު މި ބަދަލުން ހެޔޮ އަދި ހަރުދަނާ ބަތަލުތަކެއް ފެންނާނެ ކަމަށް ވަޓްސްއެޕުން ޔަގީންކޮށްދެ އެވެ.
ޖެނުއަރީ މަހު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2009 ގައި ވުޖޫދަށް އައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 1.5 ބިލިއަނަށް ވުރެ ގިނަ އެވެ.