29 އެޕްރީލް 2018 - 13:50

މި އަހަރު ވެސް ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯދަ މަހާއި ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން ރަސްމީ ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ މަހުގެ 16 ގަ އެވެ. އެ ދުވަސް ރޯދަ އަށް ވެއްޖެ ނަމަ، ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
އޭރުން، ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ބަންދާއެކު ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.