18 މެއި 2018 - 08:18

ސްޓާ ޕްލަސްގެ މަޝްހޫރު ޓީވީ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގައި ރަމަންގެ ރޯލް ކުޅޭ އެކްޓަރު ކަރަން ޕަޓޭލް ބައްޕައަކަށް ވާން އުޅޭކަން ޕޯސްޓަރުކަން އިއުލާންކޮށްފި އެވެ.
އަންހެނުން އަދި ބަތަލާ އަންކިތާ ބަރްގަވާ ވެސް ހިމެނޭ ޕޯސްޓަރުގެ ނަމަކަށް އިނީ "ޔޭ ދިވާލީ ހޯގީބޭބީވާލީ" އެވެ. އޭގައި ކަރަން ކޮތަޅުތަކެއް ހިފައިގެން ހުންނަ އިރު، އަންކިތާ ހުންނަނީ ތަންކޮޅެއް ދުރުގައި ވަރަށް ހަމަޖެހިލައިގެން ފޯން ކޯލެއްގަ އެވެ.
އެ ދެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާންކޮށްފައި މި ވަނީ އަންކިތާ އަލަތު ދަރިފުޅަށް ބަލިވެއިން ކަމަށް މީޑިިއާތަކުން ރިޕޯޓް ކުރަމުންދާތާ ދުވަސްތަކެއް ފަހުންނެވެ. ކަރަން އާއި އަންކިތާ ކައިވެނި ކުރީ 2015 ގަ އެވެ.
ދެ މީހޫންގެ އަލަތު ދަރިފުޅު އުފަން ވާނީ ދިވާލީ އަންނަ ނޮވެމްބަރު މަހުގަ އެވެ.
"ޔޭ ހޭ މޮހައްބަތޭން" ގެ އިތުރުން ކަރަން، 34، ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ކަހާނީ ގަރް ގަރް ކީ"، "ކަސޯޓީ" އަދި "ކަރަމް އަޕްނާ އަޕްނާ" ހިމެނެ އެވެ. އޭނާ ވަނީ ދެ ފިލްމެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ ސިޓީ އޮފް ގޯލްޑް (2011) އާއި ޝޫޓްއައުޠް އެޓް ވަޑާލާ (2013) އެވެ.
ކަރަންގެ އަންހެނުން އަންކިތާއަކީ ވެސް ޓީވީ ސިލްސިލާތަކާއި ބައެއް ފިލްމްތަކުގައި ކުދިކުދި ރޯލްތައް ކުޅެފައިވާ ބަތަލާއެކެވެ. "އޭކް ނަޔީ ޕެހެޗާން" ފަދަ ސިލްސިލާތައް ކުޅެފައިވާ އަންކިތާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2016 ގައި ރިލީޒް ކުރި ސޮނާކްޝީ ސިންހާގެ "އަކީރާ" އެވެ.