އަތުގައި އަޅާ އުޅަޔަކުން އިހްސާސްތައް ދެނެގަންނަނީ
އަތުގައި އަޅާ އުޅަޔަކުން އިހްސާސްތައް ދެނެގަންނަނީ

އަތުގައި އަޅާ ގަޑިއަކުން ނޭނގޭ ކަމެއް މިހާރު މަދުވާނެއެވެ. ފިޔަވަޅު އެޅުނު އަދަދާއި މަސައްކަތުގައި ހޭދަކުރި ވަގުތާއި ނިދުނު މިންވަރު ވެސް ދެނެގަނެވިދާނެއެވެ. އަދި ތިމާގެ އިހުސާސްތަކަކީ ވެސް އަތުކުރީ އަޅާ ސްމާޓް އުޅައަކުން އަންގައިދޭ އެއްޗަކަށް މިހާރު ވެއްޖެއެވެ.

ސެންސްޓީމްގެ އުފެއްދުމެއްކަމަށްވާ ސެންސްބޭންޑަކީ ސީދާ ހިތުގެ މެސެޖުތައް ތަރުޖަމާކޮށްގެން މީހާގެ އިހުސާސްތައް ބަޔާންކޮށްދޭ އުޅައެކެވެ.

އަތުގެ ކުޑަހުޅުން އީސީޖީ ނަގައިދޭ މި ޑިވައިސްގެ ބޭނުމަކީ އެކި ހާލަތުގައި ކުރާ އިހުސާސްތަކުން މީހާގެ ދުޅަހެޔޮކަން ވަޒަންކުރުމެވެ. ޖަލްސާތަކުގައި ވާހަކަދެއްކުމާއި ކިލާހުގައި ހުށަހެޅުމެއް ހުށަހެޅުމާއި މިފަދަ އެތައް ކަމެއްގެ ތެރޭން އިހުސާސްތަކަށް ކުރާ އަސަރު މި އުޅައިން ދެނެގަނެވެއެވެ.

ސެންސްބޭންޑް ފަރުމާކޮށްފައިވަނީ ކަލަންޑަރާ ގުޅުވޭ ގޮތަށެވެ. މުހިއްމު އިވެންޓްތަކާއި ބައްދަލުވުންތަކާއި ކަސްރަތު ޕްރޮގްރާމްތައް ޝެޑިޔުލްކޮށްފައިވާ ދުވަސްތައް މިއިން އެނގޭނެއެވެ. އަދި އެ ދުވަސް ދުވަހު އިހުސާސްތައް ހުރި ގޮތް ބަލައިލުމުން ހާސްވެ ކަންބޮޑުވުމާއި ހިތްހަމަޖެހޭ މިންވަރު ދެނެގަނެވެއެވެ. ނަތީޖާއެއްގެ ގޮތުން، ދުޅަހެޔޮކަންމަތީ ދެމިހުރުމަށް އެހީއަކަށްވެއެވެ.