29 މެއި 2018 - 15:22

ފްލޮރިޑާ (މެއި 29) - ނޯތު ކެރޮލިނާގައި ތޫފާން އަލްބާޓޯ ކަވަރު ކުރަން ނުކުމެ އުޅުނު ދެ ނޫސްވެރިން މަރުވެއްޖެ އެވެ.
ޑަބްލިއުވައިއެފްއެފް ނިއުސް ޗެނަލްގައި މަސައްކަތް ކުރާ މައިކް މެކްކޯމިކް އާއި އާރޮން ސްމެލްޒާ މަރުވީ ތޫފާން ކަވަރު ކުރަން ނުކުމެ އުޅެމުން ހައިވޭގައި ދުއްވާފައި ދިޔަ އެ މީހުންގެ ކާރުގެ މައްޗަށް ގަހެއް ވެއްޓިގެންނެވެ. މެކްކޯމިކް އަކީ ރިޕޯޓަރެއް އަދި އެންކާ އެކެވެ. ސްމެލްޒާ އަކީ ފޮޓޯގްރާފަރެކެވެ. ދެ ނޫސްވެރިންނަށް ހަވާލުކޮށްފައި ވަނީ އަލްބާޓޯ ތޫފާން ކަވަރު ކުރުމަށެވެ. ނޫސްވެރިކަމުގައި މެކްކޯމިކް އުޅޭތާ ދިހަ ވަރަކަށް އަހަރު ވެއްޖެ އެވެ. ޑަބްލިއުވައިއެފްއެފްއާ ސްމެލްޒާ ގުޅިފައި ވަނީ މި އަހަރު އެވެ. އޭނާ ކުރިން މަސައްކަތް ކުރީ ޑަބްލިއުއެސްޕީއޭ ސްޓޭޝަނުގަ އެވެ.
އަލްބާޓޯގެ އަކީ މި އަހަރު އެމެރިކާ އަށް އެރި އެޓްލާންޓިކް ފުރަތަމަ ތޫފާނެވެ. އެ ތޫފާން ހޯމަ ދުވަހު ފްލޮރިޑާ އަށް އެރި ފަހުން މިހާރު ވަނީ ސަބްޓްރޮޕިކަލް ޑިޕްރެޝަނަކަށް ބަދަލުވެފައި ކަމަށް ޔޫއެސް ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވެ އެވެ.