އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް
އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާގެ ކަޕޫރްގެ ކައިވެނި މީގެ ދެ އަހަރު ކުރިން ރަސްމީކޮށް ނިމުމަކަށް އައި އިރު، ދެ ދެ ކުދިން ވެސް ލިބިފައިވެ އެވެ.

އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް
އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް

އޭނާގެ ކުރީގެ ފިރިމީހާ އަދި ނިއު ދިއްލީގެ ވިޔަފާވެރިޔާ ސަންޖޭ ކަޕޫރް މިހާރު އިތުރު ކައިވެންޏެއް ވެސްކޮށްފި އެވެ. އެއީ އޭނާގެ ތިން ވަނަ ކައިވެންޏެވެ.

އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް
އަލުން ކައިވެންޏެއް ކުރަން ކަރިޝްމާގެ ޝައުގުވެރިކަމެއް ނެތް

ކުރީގެ ފިރިމީހާ އަލުން ކައިވެނި ކުރި ނަމަވެސް ކަރިޝްމާ އަދިވެސް ހުރީ ހުސްކޮށެވެ. އެކަމަކު މިހާރު ދަރިންނާ އެކު މުމްބާއީގައި އުޅޭ ކަރިޝްމާ ސަންދީޕް ތޯޝްނިވާލް ކިޔާ މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. ދޭތެރެ ދޭތެރެ ކަރިޝްމާއާ އެކު އޭނާ އެކުގައި ފެންނަ ފޮޓޯތައް ވެސް މީޑިއާތަކަށް ތިލަވެ އެވެ.

އެކަމަކު ކަރިޝްމާގެ ބައްޕަ ރަންދީރް ކަޕޫރް ބުނަނީ އޭނާގެ ދޮށީ އަންހެން ދަރިފުޅު ދެވަނަ ކައިވެންޏަކަށް ޝައުގުވެރި ކަމެއް ނެތް ކަމަށެވެ.

"އަހަރެން ވެސް ވަރަށް ބޭނުން [ލޯލޯ] ދެވަނަ ކައިވެންޏެއްކޮށް، އަލުން ހަޔާތެއް ފަށަން. އެކަމަކު އަހަރެން ކައިރީ ވަރަށް ސީދަލަށް ބުނެފައިވޭ އިތުރު ކައިވެންޏަކަށް ދިއުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތޭ،" ރަންދީރް ބުންޏެވެ. "އޭނަގެ ހުރިހާ ވެސް ވަގުތެއް މިހާރު ދޭން ބޭނުން ވަނީ ދަރިންނަށް."

ކުރީގެ އެކްޓަރު ރަންދީރް ބުނި ގޮތުގައި ކަރިޝްމާ، ސަންދީޕް ކިޔާ މީހަކާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން އަޑު ފެތުރިޔަސް، އެ ބުނާ މީހަކީ އޭނާ ދަންނަ މީހެއް ނޫނެވެ.

"ލޯލޯއަކީ ހުސްހަށިބަޔަށް ހުރި އަންހެނެއް. ދެން މީހަކާ އޭނާ ބައްދަލުކޮށް ގާތް ކަމެއް ބާއްވާ ކަމަށް ވަންޏާ ކޮބައިބާ މައްސަލައަކީ؟" ރަންދީރް ބުންޏެވެ. "އަހަންނަކަށް ނުފެނޭ އޭގައި އޮތް އެއްވެސް ގޯހެއް. އޭނަ އަލުން ކައިވެންޏަށް ކުރަން ބޭނުންވާ ނަމަ، އަހަރެންގެ ހެޔޮދުއާތައް އަބަދު ވެސް ވާނެ."

"ރާޖާ ހިންދުސްތާނީ" އާއި "ދިލް ތޯ ޕާގަލް ހޭ" އަދި "ފިޒާ" ފަދަ ރީތި އެތައް ފިލްމެއް ކުޅުނު ބަތަލާ، ބޮލީވުޑާ ދުރުވެ، 2003 ގައި ސަންޖޭއާ ކައިވެނިކޮށް ދެ ދަރިން ވެސް ލިބުނު ފަހުން، ކައިވެނީގައި މައްސަލަތައް ޖެހުމުން ކަރިޝްމާ ވަނީ ދިއްލީ ދޫކޮށް ފަހުން މުމްބާއީ އަށް ބަދަލުވެފަ އެވެ. އަދި ކަރިޝްމާ ވަނީ 2012 ގައި "ޑޭންޖަރަސް އިޝްގް" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ. އެކަމަކު އެ ފިލްމް ފްލޮޕްވުމުން، އޭނާ އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ.

އުމުރުން މިހާރު 43 އަހަރުގެ ބަތަލާގެ ދޮށީ އަންހެން ދަރިފުޅު ސަމައިރާ އަށް މިހާރު 13 އަހަރެވެ. އަދި ފިރިހެން ދަރިފުޅު ކިއާން އަށް 8 އަހަރެވެ.