13 ޖޫން 2018 - 11:45

ލޯބިވެރިޔާ ނީރޫ ރަންދަވާ އަށް އަނިޔާކުުރުމަސް ފަހު ފިލައިގެން އުޅުނު އެކްޓަރު އަރްމާން ކޯލީ އިއްޔެ ހައްޔަރުކޮށްފި އެވެ.
ނީރޫ އަށް އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި ހާދިސާއާ ގުޅިގެން، ނީރޫ ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ.
ނީރޫ ބުނި ގޮތުގައި އަރްމާން އޭނާ އަށް އަނިޔާ ކުރީ ގޯއާގައި ހިންގާ ގެސްޓް ހައުސް އަށް ލިބުނު ފައިސާތަތަކެއް އަރްމާންގެ އެކައުންޓަށް ޓްރާންސްފާ ނުކޮށް ދީގެންނެވެ. މި މައްސަލާގައި ނީރޫއާ ޒުވާބު ކުރުމަށް ފަހު، އަރްމާން އޭނާގެ އިސްތަށިގަނޑުގައި ހިފައި، ބިންމައްޗަށް ވައްޓާލައި، ބޯ ބިންމަތީގައި ތަޅާފައިވާ ކަމަށް ނީރޫ މީޑިއާތަކަށް ބުންޏެވެ.
މި މައްސަލާގައި އަރްމާން ހައްޔަރުކޮށް މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އޭނާގެ މައްޗަށް ވަނީ މާރާމާރީ ހިންގި ކަމުގެ ދައުވާ ވެސް އުފުލައިފަ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ފުލުހުން އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ނީރޫ ބުނި ގޮތުގައި 2015 އިން ފެށިގެން އޭނާ އުޅެމުން ދިޔައީ އަރްމާން އެކީގަ އެވެ. އަދި އޭނާގެ ފަރާތުން ގެވެށި އަނިޔާ ތަކުރާރުކޮށް ލިބެމުން ދިޔަ ކަމަށް ބުނެފައިވެ އެވެ.
ރިއަލިޓީ ޝޯ "ބިގް ބޮސް 7" ގައި ވާދަ ކުރި އަރްމާން އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.