30 ޖޫން 2018 - 10:48

ހއ. މަނަފަރު ރިސޯޓުން އެ އަތޮޅު ދިއްދޫ އަށް ދަތުރުކުރި ލޯންޗެއް، ދެ މީހުންނާއެކު މިއަދު ހެނދުނު އަޑިއަށް ހިނގައްޖެ އެވެ.
"އަޒުމު" ނަމަކަށް ކިޔާ ލޯންޗު އަޑިއަށް ގޮސްފައިވަނީ ހއ. ގައްލަންދޫ ކައިރިއަށެވެ. ފުލުހުން ވަނީ ލޯންޗުގައި ތިބި ދެ މީހުން ވެސް ސަލާމަތްކޮށް ދިއްދު އަށް ގެންގޮސްފަ އެވެ.
ލޯންޗު އަޑިއަށް ދިޔައީ، ދިއްދޫ އިން މަނަފަރަށް ދިޔަ ބަޔަކު، އެ ރަށަށް ބޭލުމަށްފަހު އެނބުރި ދިއްދޫއަށް ދަނިކޮށެވެ.