ކިވީ: ކެންސަރުން ދިފާއުވުމަށް ކެއުން ރަނގަޅު މޭވާއެއް
ކިވީ: ކެންސަރުން ދިފާއުވުމަށް ކެއުން ރަނގަޅު މޭވާއެއް

ކިވީ އަކީ ވަރަށް ރަހަ މީރު މޭވާއެކެވެ. ރަހަ މީރުވުމުގެ އިތުރުން މިއީ ސިއްހަތަށް ފައިދާ ލިބޭ ގިނަގުނަ މާއްދާތައް އެކުލެވިގެންވާ މޭވާއެކެވެ.

ކިވީ އަކީ ކެންސަރުގެ ނުރައްކާ ދަށްކުރުމަށް އެހީވެދޭ އެއްޗެއްގެ ގޮތުގައި، ދާދި ފަހުން ސައިންސްވެރިން ވަނީ ފާހަގަ ކޮށްފަ އެވެ. މިކަން މިގޮތަށް ދިމާވަނީ ކިވީގައި ހުންނަ، ހަލާކުވާ ޑީއެންއޭ މަރާމާތުކޮށްދިނުމުގެ ގާބިލްކަމުގެ ސަބަބުންނެވެ.

ނިއުޒިލެންޑްގެ އޭޔޫޓީ ޔުނިވަސިޓީ އޮފް އޯކްލެންޑްގައި މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމެއްގައި 2-3 ކިވީ ބޭނުންކުރުމާ އެކު ސިއްހަތަށް ފައިދާހުރި ކާނާ ކައި ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ނަމަ ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދުމުން ސަލާމަތް ވެވޭނެ އެވެ.

މި ދިރާސާކުރުމަށް ރިސާޗަރުން ވަނީ ޕެރޮކްސައިޑް ބޭނުންކޮށްގެން، ލެބޯޓްރީގައި ހުރި މީދާތަކެއްގެ ސެލްތައް ހަލާކުކޮށްލާފަ އެވެ. މި ހަލާކުވި ސެލްތައް މަރާމާތުކުރުމަށް ރިސާޗަރުން ވަކި މެކޭނިޒަމްއެއް ބޭނުން ނުކުރި ނަމަވެސް އެބޭފުޅުން ގަބޫލުކުރާ ގޮތުގައި ކިވީގައި އެކުލެވޭ އެންޓި އޮކްސިޑަންޓް ޕްރޮޕަޓީޒްގެ ސަބަބުން ޕެރޮކްސައިޑް ޗެލެންޖުން ސެލްތައް ދިފާއުކޮށްދޭނެ އެވެ.

ކިވީ އަކީ މުހިންމު މޭވާއަކަށްވާ އަނެއް ސަބަބަކީ އޭގައި ވިޓަމިން ސީ ކޮންސެންޓްރޭޓްސް އާއި ޕޮޓޭސިއަމް ހުރުމެވެ. މި ދޭއްޗަކީ ވެސް އިންސާނެއްގެ ސަލާމަތް ސިއްހަތަކަށް ވަރަށް މުހިއްމު އެއްޗިއްސެވެ.
އެކި ވައްތަރުގެ ކެންސަރުން ދިފާއުވުމަށް ހުހާ ނުވަތަ ސެލެޑް ހަދައިގެން ވެސް ކިވީ ބޭނުންކުރެވިދާނެ އެވެ. އަދި ސްމޫތީ ހަދައިގެން ބުއިމެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެވެ.